ވޯލްޑް ކަޕް: ނިއު ޒިލޭންޑުން އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ މޮޅުވިޔަ ނުދީ ހިފަހައްޓައިފި

ގުރޫޕު އެފުގައި މިއަދު ކުޅުނު ދެ މެޗަށް ފަހު ޓޭބަލްގެ ކުރީގައި ހަތަރު ޕޮއިންޓާއެކު އޮތީ ޕެރަގުއޭ. އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ އާއި ނިއު ޒިލޭންޑަށް ދެ ޕޮއިންޓް ލިބިފައިވާއިރު ސްލޮވާކިއާ އޮތީ ޕޮއިންޓަކާއެކު އެވެ. ގުރޫޕުގެ ފަހު މެޗުތަކަށް ކުރިމަތިލާއިރު ހަތަރު ޓީމަށް ވެސް ދެވަނަ ބުރުގެ ފުރުސަތު ވަނީ ހުޅުވިފަ އެވެ. މި ގުރޫޕުގައި އިޓަލީ ކުޅެންޖެހޭ ފަހު މެޗުގައި މި މަހުގެ 24 ވަނަ ދުވަހު ސްލޮވާކިއާއާ ދެކޮޅަށް ނުކުންނައިރު އެ ދުވަހު ނިއު ޒިލޭންޑް ނުކުންނާނީ ޕެރަގުއޭއާ ދެކޮޅަށެވެ.
51: 20 މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ މޮޅުވިޔަ ނުދީ ހިފަހައްޓައި، 1- 1 އިން މެޗު އެއްވަރުކޮށް ނިއު ޒިލޭންޑުން ޕޮއިންޓެއް ހޯދައިފި. މެޗުގެ ކުރީކޮޅު ނިއު ޒިލޭންޑްގެ ޝޭން ސްމެލްޓްޒް ކާމިޔާބުކުރި ލަނޑާއެކު އެ ޓީމަށް ލީޑު ލިބިފައިވަނިކޮށް ފުރަތަމަ ހާފުގައި އިޓަލީ އަށް ލިބުނު ޕެނަލްޓީއަކުން ނަތީޖާ އެއްވަރުކޮށްދިނީ ފޯވަޑް ޔަކުއިންޓާ. ދެވަނަ ހާފުގައި އިޓަލީން ނިއު ޒިލޭންޑްގެ ފަހަތަށް ބާރު ބޮޑުކުރި ނަމަވެސް އެ ޓީމުގެ ކުޅުންތެރިން ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކައި ހައިރާންކުރެވުނު ގޮތަކަށް ނަތީޖާ ހިފަހައްޓައިފަ.
47: 20 އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނިޓު ދައްކައިފި
44: 20 މެޗުގައި ބާކީ ތިން މިނިޓު. ނަތީޖާއަކަށް ބަދަލެއް ނާދޭ
27: 20 މެޗުގައި ބާކީ އޮތީ ވިހި މިނިޓު. އިޓަލީން ދަނީ ނިއު ޒިލޭންޑްގެ ފަހަތަށް ބާރުބޮޑުކުރަމުން
03: 20 ދެވަނަ ހާފަށް އިޓަލީ ނިކުތް އިރު ދެ ކުޅުންތެރިން ވަނީ ބަދަލުކޮށްފަ. ފޯވަޑް ޖިލާޑިނިއޯގެ ބަދަލުގައި ޑި ނަޓާލޭ ކުޅެންއެރިއިރު ޕެޕޭގެ ބަދަލުގައި ކުޅެންއެރީ ކަމޮރަނޭސީ
02: 20 މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި
46: 19 މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެ ޓީމު 1- 1 އިން އެއްވަރުވެގެން. މެޗުގެ ކުރީކޮޅު ނިއު ޒިލޭންޑްގެ ޝޭން ސްމެލްޓްޒް ކާމިޔާބުކުރި ލަނޑާއެކު ނިއު ޒިލޭންޑަށް ލީޑު ލިބިފައިވަނިކޮށް އިޓަލީ އަށް މެޗުގެ 28 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން އެއްވަރުކޮށްދިނީ ފޯވަޑް ޔަކުއިންޓާ.
29: 19 އިޓަލީގެ ފޯވަޑް ޔަކުއިންޓާ ފޮނުވާލި ޕެނަލްޓީ ކާމިޔާބުކޮށްފި
27: 19 މެޗުގެ 28 ވަނަ މިނިޓުގައި އިޓަލީގެ މިޑްފީލްޑަރު ޑި ރޮސީ އަށް ނިއު ޒިލޭންޑްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެ ޓީމުގެ ސުމިތު ކުރި ފައުލަކާ ގުޅިގެން އިޓަލީ އަށް ޕެނަލްޓީއެއް
20: 19 މެޗުގެ 20 މިނިޓު ކުޅެފައިވާއިރު އިޓަލީ އަށް ނިއު ޒިލޭންޑްގެ ގޯލަށް މާ ބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވޭ. މިއީ ވޯލްޑް ކަޕުގެ މެޗެއްގައި ނިއު ޒިލޭންޑަށް ލީޑެއް ލިބުނު ފުރަތަމަ ފަހަރު
08: 19 ވޯލްޑް ކަޕުގެ ގުރޫޕު އެފްގައި މިހާރު ކުރިއަށް ދާ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ކޮޅަށް ނިއު ޒިލޭންޑްގެ ފޯވަޑް ޝޭން ސްމެޓްޒް ވަނީ ލަނޑު ޖަހައި އެ ޓީމަށް ކުރި ހޯދައިދީފައި
އިޓަލީގެ ފުރަތަމަ 11
12- މާޗެޓީ (ގޯލްކީޕަރު)
3- ކްރިސީޓޯ
4- ޗިއެލީނީ
5- ކަނަވާރޯ (ކެޕްޓަން)
6- ޑި ރޮސީ
7- ޕެޕޭ
9- ޔަކީންޓާ
11- ޖިލާޑީނިއޯ
15- މަޗީސިއޯ
19- ޒަމްބްރޮޓޯ
22- މޮންޓޮލީވޯ
ނިއުޒިލޭންޑްގެ ފުރަތަމަ 11
1- ޕަސްޓޮން (ގޯލްކީޕަރު)
3- ލޮކްހެޑް
4- ރީޑް
5- ވިސެލިޗް
6- ނެލްސަން (ކެޕްޓަން)
7- އެލިއަޓް
9- ސްމެޓްޒް
10- ކިލެން
11- ބެރްޓޮސް
14- ފަލޮން
19- ސުމިތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ