މުލަކު ސްކޫލުގައި ގާއިމްކުރި މަލްޓި ޕާޕަސް ހޯލް ހުޅުވައިފި

ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި މ. މުލަކު ސްކޫލުގައި ޖިމްނޭޒިއަމެއް ގޮތަށް ގާއިމްކުރި މަލްޓި ޕާޕަސް ހޯލް ހުޅުވައިފި އެވެ.
މުލަކު ސްކޫލުގައި މިދިޔަ ހުކުރު ދުވަހު އޮތް ރަސްމިއްޔާތުގައި އެ ޖިމްނޭޒިއަމް ހުޅުއްވައި ދެއްވީ ތައުލީމާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމެވެ.
ޖަޕާން ސަރުކާރުން 2.1 މިލިއަން ރުފިޔާ ހަރަދުކޮށްގެން މިދިޔަ އަހަރު ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު އިމާރާތްކުރަން ފެށި އެ ހޯލަކީ 100 ފޫޓު ދިގު 50 ފޫޓު ފުޅާ ހޯލެކެވެ.
އެ ހޯލަކީ ސްރީލަންކާގައި ހުންނަ ޖަޕާންގެ އެމްބަސީން ދޭ ގްރާންޓް އެސިސްޓަންޓް ފޯ ގްރާސްރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް (ޖީޖީޕީ) އަށް އެދިގެން ލިބުނު ހިލޭ އެހީގެ ދަށުން ހަދާފައިވާ ހޯލެކެވެ. އެ ޖިމްނޭޒިއަމްގެ ބިންގާ އަޅުއްވައި ދެއްވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދެވެ.
ޖީޖީޕީގެ ދަށުން ރާއްޖޭގެ ބައެއް ސްކޫލްތަކުގައި ވަނީ ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ވެސް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ