މަސްތުވާތަކެއްޗާ އެކު ފުވައްމުލަކު ގެއަކުން ބަޔަކު ހައްޔަރުކޮށްފި

ފުވައްމުލަކު ގެއެއް ފާސްކޮށް، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި ފައިސާއާ އެކު އިއްޔެ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އެ ރަށު މާދަޑު އަވަށު މަހީނާ ގޭގައި ބަޔަކު މަސްތުވާތަކެތި ގެންގުޅޭ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި، މަސްތުވާތަކެތި ކަމަށް ބެލެވޭ 113 ޕީސް ފެނުނު ކަމަށެވެ. އަދި 10،500ރ. އާއި 12 ޑޮލަރު ވެސް ފެނިފައި ވާއިރު މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ސާމާނު ވެސް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަޔާ ގުޅިގެން ހައްޔަރުކުރި މީހުންގެ ނަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އެކަމަކު އެ އެންމެންނަކީ ވެސް 18 އަހަރުން މަތީގެ މީހުން ކަމަށާއި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ