ޖެނުއަރީ 5 ގެ ފަހުން ކޮޅުފުށިން އެހެން ރަށަކަށް ދަތުރުކޮށްފައިވާނަމަ އަންގަން އެދެފި

މި މަހުގެެ ފަސްވަނަ ދުވަހުގެ ފަހުން، މ. ކޮޅުފުށިން އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ދަތުރުކޮށްފައިވާނަމަ އެކަން އަންގަން އެދެފި އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ ޖެނުއަރީ ފަހެއްގެ ފަހުން އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ދަތުރުކޮށްފައިވާނަމަ ވީ އެންމެ އަވަހަކަށް، އެރަށެއްގެ ހޮސްޕިޓަކަށް ނުވަތަ ހެލްތު ސެންޓަރަކަށް އަންގަން އެދޭ ކަމަށެވެ. އަދި އެ މުއްދަތުގައި އެރަށުން މާލެ އަށް އައިސްފައިވާ މީހެއްނަމަ 1676 އަށް ގުޅައި ހިއްސާކުރަންވެސް ވަނީ އެދެފަ އެވެ. އެ މުއްދަތުގައި ކޮޅުފުށިން ދަތުރުކޮށް 14 ދުވަސް ހަަމަނުވާ މީހުން، 14 ދުވަސް ފުރިހަމަ ވަންދެން ކަރަންޓީނު ވުމަށާއި، ކަރަންޓީނު ނިމުމަށްފަހު ކޮވިޑް-19 އަށް ޓެސްޓުކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ތިބުމަށް އެޗްޕީއޭ އިން ވަނީ އަންގައިފަ އެވެ. އަދި އެ މުއްދަތުގައި ކޮޅުފުށިން ދަތުރުކޮށް 14 ދުވަސް ހަަމަވެފައިވާ މީހުން ކޮވިޑް-19 އަށް ޓެސްޓުކޮށް ނަތީޖާ ލިބެންދެން ހޯމް ކަރަންޓީނުގައި ތިބުމަށްވެސް އެޗްޕީއޭ އިން ވަނީ އަންގައިފަ އެވެ. ކޮޅުފުށިން މާލެ އައި މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާގުޅިގެން އެ ރަށް އޮތީ މޮނީޓަރިންގައެވެ. އޭނާ އާއި ކޮންޓެކްޓުވި 106 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު ނުވަ މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފައެވެ. ކޮޅުފުށިން މާލެ އައި މީހާ ޕޮޒިޓިވް ވުމާ ގުޅިގެން އެ ރަށް އޮތީ މޮނީޓަރިންގަ އެވެ. އެ މީހާ ރަށުގައި ހޯމް ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ނެގި ސާމްޕަލްގެ ނަތީޖާ ނެގަނެޓިވްވި ނަމަވެސް މާލެ ދިޔުމަށްފަހު ނެގި އޭނާގެ ސާމްޕަލެއް ޓެސްޓް ކުރިއިރު، ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ