މިއަހަރުވެސް އިސްކަންދޭނީ ރައީސް ޔާމީން މިނިވަންކުރަން: އިދިކޮޅު

މި ފެށުނު 2021 ވަނަ އަހަރު އެންމެ އިސްކަން ދޭނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށާއި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.އެ ކޯލިޝަނުން މިހެން ބުނީ އާއަހަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަމުން ނެރުނު ބަޔާނެއްގައެވެ.އެ ބަޔާނުގައި ބުނެފައި ވަނީ ނިމިގެންދިޔަ 2020 ވަނަ އަހަރަކީ ވަރަށް އަނިޔާވެރިކަމާއެކު މިސަރުކާރުން ސިޔާސީ ހުކުމެއްކޮށް ރައީސް ޔާމީން ހުރަގެއިން މިނިވަން ކުރުމަށް އެވކޯލިޝަނުން ގިނަގުނަ މަސައްކަތްތަކެއް ކުރިއަހަރެއް ކަމަށެވެ. އަދި ކޯލިޝަންގެ ސްޓިއަރިންގ ކޮމިޓީތައް އުފެދި، ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ރުކުރުވާލެވި، ކޯލިޝަންގެ ސިޔާސީ މަސައްކަތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ފެށިގެން ދިއުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް ވިދާޅުވިއެވެ."އިރާދަކުރެއްވިއްޔާ މިފެށުނު 2021 ވަނަ އަހަރުވެސް އެންމެ އިސްކަންދޭނީ ރައީސް ޔާމީން މިނިވަންކުރުމުގެ މަސައްކަތަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށެވެ. އެކަމަށްޓަކައި ކޯލިޝަންގެ ސިޔާސީ ހަރަކާތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަކީ ވަރަށްބޮޑު އަމާޒެކެވެ،" އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ވަނީ ބޮއްސުންލާފައިވާ ސަރުކާރުގެ ހިންގުމުގެ ނިޒާމު ހަރުދަނާކޮށް ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް އަވަހަށް ދެވޭނެ މަގު ފަހިކޮށްދީ ރައްޔިތުން ކުރަމުންދާ ޝަކުވާތަކުގެ އަޑުއަހާ އެކަންކަން ހައްލުކޮށް ދިނުމަށް ގޮވާލާފައެވެ. ރައީސް ޔާމީން މިނިވަންކުރަން އާ އަހަރު އާއަޒުމެއްގައި ނިކުންނާނެކަން އިއުލާން ކުރިއިރު ނިމުނު އަހަރު އިދިކޮޅު ކޯލިޝަންއިން ރައީސް ޔާމީން މިނިވަން ކުރުމަށް އެދެވޭ މަސައްކަތް ނުކުރާ ކަމުގެ ތުހުމަތު ޕީއެންސީ ކޯލިޝަންގެ އިސްވެރިންގެ މައްޗަށް ރައީސް ޔާމީންގެ ސަޕޯޓަރުން އަންނަނީ ކުރަމުން ނެވެ.އެމަނިކުފާނު މިނިވަން ކުރުމަށް އިދިކޮޅު ކޯލިމަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފަ އެވެ. ކްރިމިނަލް ކޯޓުން އިއްވި އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވިޔަސް ހައި ކޯޓުން އެ މައްސަލައިގައި އަދި ގޮތެއް ނިންމާފައެއް ނުވެއެވެ. ރައީސް ޔާމީނުގެ މައްޗަށް މިހާރުވެސް ވަނީ ދަށު ކޯޓުގައި އެހެން ދެ ދައުވާއެއް އުފުލާފަ އެވެ. އިދިކޮޅުން އެކަން ސިފަ ކުރަނީ އެއީ ސަރުކާރުން ރާވައިގެން ވަކި ބަޔަކަށް އަމާޒު ކޮށްގެން ކުރާ ކަމެއްގެ ގޮތު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ