އައްޑޫއިން ކިއި ހޫނު މަރުހަބާއިން އެނގެނީ މިއަދު އެމްޑީޕީ އަތުން އައްޑޫ ބީވެއްޖެކަން: ޔާމީން

އައްޑުއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ކީ ހޫނު މަރުޙަބާއިން އެނގޭ ކަމަކީ މިއަދު އެމްޑީޕީ އަތުން އައްޑު އަތޮޅު ބީވެއްޖެކަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
މިހާރު ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫ ސިޓީ ފޭދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އަބަދުވެސް އައްޑުއަށް ކުރައްވާ ދަތުރުފުޅުތަކުގައި އެ މަނިކުފާނަށް ދަންނަވަނީ ހޫނު މަރުހަބާއެއް ކަމަށާއި މިއަދުގެ މަރުހަބާއަކީ އާދަޔާ ހިލާފު މަރުހަބާއެއް ކަމަށެވެ.
އައްޑޫއަށް ރައީސް ޔާމީން ވަޑައިގަންނަވާތީ ސަރުކާރުން ފިއްތުންތައް ކުރިމަތިވި ކަމަށާއި ގޮނޑިއެއްހާ ހިސާބު ވެސް ނުދިނުމަށް ހުރިހާ މަދަރުސާތަކަށް އަންގާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އެމަނިކުފާނު އައްޑުއަށް ވަޑައިގަތުމުން ރައްޔިތުން ކިޔާފައިވާ ހޫނުގަދަ މަރުހަބާގެ ސަބަބުން އެމްޑީޕީ އާއި ސަރުކާރުން ވެސް ބޭރަށް ހިންގައިގެންފި ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާ ފޮށްޓެއް ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވި ނަމަވެސް އެހަދިޔާ ފޮށީގެ ބަދަލުގައި އުފަންވި ކޮންމެ ކުއްޖަކަށް ލިބުނީ ދަރަނި ލިޔެފައި އޮތް ޗެކެއް ލާފައި އޮތް ފޮށްޓެއް ކަމަށެވެ.
ޔާމީން މިހެން ވިދާޅުވީ މިއަދު އެމަނިކުފާނު އައްޑޫ ސިޓީއަށް ފެއްޓެވި ދަތުރުފުޅުގައި އައްޑޫ ސިޓީ ފޭދުގައި ޕީޕީއެމްގެ ސަޕޯޓަރުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ޔާމީން ވިދާޅުވީ މިއަދު ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖެއްގެ ގޮތުގައި 2640000 ރުފިޔާގެ ދަރަންޏެއް މިސަރުކާރުން އަޅުވާފައިވާ ކަމަށާއި ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ކޮންމެ މީހެއްގެ ގޮތުގައި 80000 ރުފިޔާގެ ދަރަންޏެއް އަޅުވައިފި ކަމަށް ބުނެ ދުނިޔޭގެ ފެންވަރުގެ އިގުތިސޯދީ މާހިރުން ގެނެސްގެން އެމްޑީޕީން ވާހަކަ ދެއްކި ކަމަށެވެ.
2023 ގެ އިންތިހާބުގެ ކެމްޕޭނަށް ރައީސް ޔާމީން އަތޮޅުތަކަށް ކުރަވަމުން ގެންދަވާ ދަތުރުފުޅުގައި ދ. ކުޑަހުވަދޫ އަށާއި ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ވަނީ ވަޑައިގެންފައެވެ. އަދި ދާދިފަހުން ނ އަތޮޅު ނ. ކެނދިކުޅުދޫގެ، މަނަދޫ، ހޮޅުދޫ، ވެލިދޫ، މިލަދޫ އަދި މަގޫދޫއަށް ވެސް ވަނީ ވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ