ދިވެހިންގެ ޤައުމިއްޔަތު ދައްކުވައިދޭގޮތަށް ތައްޔާރުކުރި އިއްޒުއްދީން ފާލަން ހުޅުވައިފި

ދިވެހިރާއްޖޭގެ ޤައުމިއްޔަތު ދައްކުވައިދޭގޮތަށް ތައްޔާރުކުރި އިއްޒުއްދީން ފާލަން މަރާމާތަށްފަހު އަލުން މިރޭ ހުޅުވައިފިއެވެ.
އިއްޒުއްދީން ފާލަން ރަސްމީކޮށް ހުޅުވަިއިދެއްވީ އެކަމަށްޓަކައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒެވެ. ރަސްމީ ފާލަން އަޅުން ހުޅުވިގެންދިޔައިރު، މިފަހަރު ފާލަން ފަރުމާކޮށް ތަރައްޤީކޮށްފައިވަނީ އެންމެ ކުރިން އެތަންހުރިގޮތް ސިފަވާގޮތަށެވެ. 
އިއްޒުއްދީން ފާލަން އަޅުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައިު ވާހަކަދައްކަވަމުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ އެ ސަރަހައްދު ވެގެންދާނީ ހަވީރު ގަޑީގައި ހިތްއުފާކޮށްލުމަށް ގޮސް އުޅުމަށް ވަރަށް އެކަށޭނެ ސަރަހައްދަކަށް ކަމަށެވެ. ރައީސް ވިދާޅުވީ މި ފާލަމުން ދިވެހިންގެ ވަންތަކަން، ދިވެހިރާއްޖޭގެ ފަންނުވެރިކަން، ރާއްޖޭގެ މާޒީ، އަދި މުސްތަޤްބަލުވެސް ރަމްޒުކޮށްދޭ ކަމަށެވެ. ރައީސް ވިދާޅުވީ ބަވަނަ ވެފައިވާ ދުނިޔޭގައި ރާއްޖެ ތަރައްޤީވެ ކުރިއަރައި ދާނީ ދިވެހިންގެ އަމިއްލަވަންތަކަން ނުގެއްލޭ ގޮތަށްކަމަށެވެ.
Advertisement
އިއްޒުއްދީން ފާލަން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަދައްކަވަނީ... ފޮޓޯ: ރައީސް އޮފީސް
އިއްޒުއްދީން ފާލަން މަރާމާތުކުރުމުގެ މަަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރެވެ. އެ މަސައްކަތުގެ ކޮންޓްރެކްޓަރަކީ ސަރުކާރާ ރައްޔިތުން ހިއްސާވާ ކުންފުނި އެމްޓީސީސީއެވެ. އެކުންފުންޏާ އިއްޒުއްދީން ފާލަން މަރާމާތުކުރުމުގެ މަސައްކަތް ހަވާލުކުރީ ޑިޒައިން ކޮށް ފާލަން ތަރައްޤީކުރާ އުސޫލުންނެވެ. މި މަޝްރޫޢުއަށް ކަނޑައަޅާފައިވަނީ 11 މިލިއަން ރުފިޔާއެވެ.
އަދުގެ ސަރުކާރުން އިއްޒުއްދީން ފާލަން ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވަނީ އެތަން މަރާމާތުނުކޮށް ވަރަށްބޮށް ހަލާކުވާން ކައިރިވެފައިވަނިކޮށެވެ. އިއްޒުއްދީން ފާލަމުގެ ނަންދީގެން އެންމެ ފުރަތަމަ ތަރައްޤީކޮށްފައިވަނީ ރައީސް ޔާމީނުގެ ވެރިކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ