ނެދަލޭންޑްސްއިން ކަނޑައެޅުއްވި އާ ސަފީރު ފަތްކޮޅު އަރުވައިފި

ކިންގްޑަމް އޮފް ނެދަލޭންޑްސްގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ވެއިބެ ޖޭކޮބް ޑި ބޮއަރ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއަށް އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.
ކިންގްޑަމް އޮފް ނެދަރލެންޑްސްގެ އާ ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އާ ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުޙަބާ ދަންނަވާފައެވެ.
އެއަށްފަހު، އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެގައުމަށްވެސް މުހިންމު ދާއިރާތައް ކަމުގައިވާ، އުމްރާނީ ތަރައްޤީއާއި، މޫސުމީ ބަދަލުތައް އަދި އިންސާނީ ޙައްގުތައް ހިމާޔަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ދެގައުމުގެ ދެމެދުގައި ވުނަކުރެވިދާނެ ދާއިރާތަކާއި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވާފައި ވެއެވެ.
ދިވެހިރާއްޖެއާއި ކިންގްޑަމް އޮފް ނެދަރލެންޑްސްއާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރެވުނީ 3 ސެޕްޓެންބަރު 1979ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ