ބަޤަރާ ސޫރަތް ގިނަ ބައަކު ކޮންމެ ދުވަހަކުވެސް ކިޔަވައެވެ. ވަރަށް މުހިންމު ދެ މަޤްޞަދެއް ހިތުގައި ބާއްވައިގެންނެވެ. އެތަނުން އެއް މަޤްޞަދަކީ ޤިޔާމަތް ދުވަހުގެ މައިދާނުގައި ޝަފާޢަތް ހޯދުމެވެ. ދެވަނަ މަޤްޞަދަކީ ގެއާއި ޝައިޠާނާ ކައިރިވިއަ ނުދީ ފެއްސުމެވެ.
ގޭތެރޭގައޮ އޮންނަން ޖެހޭ އެކުވެރިކަންވެސް ގެއްލިގެންދަނީ ޝައިޠޯނާގެ ސަބަބުންނެވެ. ޝައިޠޯނާ ފިތުނަތައް އުފައްދުވާތީއެވެ. ގެއަށް ވަނުމުގެ ފުރުޞަތު ޝައިޠޯނާއަށް ދޭން ބޭނުންނުވާނަމަވެސް ގޭގައި ބަޤަރާ ސޫރަތް ކިޔެވުން ގިނަކުރާށެވެ.
ކީރިތި ޤުރްއާން ކިޔެވިކަމަށް ވާނީ ކިޔަވަން އޮންނަ ގޮތަށް ކިޔެވުމުންނެވެ. ވީމާ ކީރިތި ޤުރްއާން ކިޔަވާ ހަމަ ކޮންމެ މީހަކުވެސް އެކަމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެމެވެ. ސުވާލު މި އުފައްދަނީ ކިޔަވާ ގޮތާއިމެދުގައެވެ.
ގިނަ މީހުން ބަޤަރާ ސޫރަތް ކިޔަވަނީ ފަތިސް ނަމާދަށްފަހުއެވެ. އެހެންކަމުން ބައެއް މީހުން ތިބެނީ ނިދި ބުރަކައިފައެވެ. އަނެއް ބައަކު ތިބެނީ އަވަހަށް ނިންމައިލުމަށްފަހު މަސައްކަތު ނުދެވިގެން ލަސްވެފައެވެ. އެހެންކަމުން ގިނައިން ފެންނަނީ ވަރަށް އަވަސް އަރައިގަނެގެން ކިޔަވާތަނެވެ.
ފަރިތަ މީހަކު ނަމަވެސް ތަޖްވީދު މަގުން ފުރިހަމައަށް ބަޤަރާ ސޫރަތް ކިޔަވަން ދޮޅުގަޑި، ދެގަޑިއެއްހައި އިރުވެސް ނަގައިފާނެއެވެ. އަދި ދެ ގަޑިއެއްހައި އިރުވެސް ނަގައިފާނެއެވެ. އަނެއްބައަކު އެއްގަޑިއިރުވެސް ނުވަނީސް ބޮޅުފަތްޗެއް ފަދައިން އަމުނާލައިފާނެއެވެ.
ބުނެލަން ބޭނުމީ ބަޤާރާ ސުރަތް ކިޔެވުން ގިނަ ކުރުމަކީ ކިތަންމެ މުހިންމު ފައިދާހުރި ކަމެއް ނަމަވެސް އެކަމުގެ ފައިދާ ފެންނާނީ، ފައިދާ ތިމާއަށް ކުރާނީ ކިޔަވަން އޮތް ގޮތަށް ކިޔަވައިގެންކަމެވެ. ބަލަންވީ ކޮންމެހެން ތެޅިފޮޅިގަނެގެން ސޫރަތް ކިޔަވައި ނިންމުމަކަށް ނޫނެވެ. ބަލަންވީ އެމީހަކަށް އެދުވަހަކު ވަގުތު ދެވެން އޮތްވަރަކަށެވެ. އެވަގުތަށް ކިޔެވުން ފަށްޓާށެވެ. ކިތަންމެ ކުޑަ ވަގުތުކޮޅެއް ދެވެން އޮތް ނަމަވެސް އެވަގުތުކޮޅުގައި ރިވެތި މަގުން ތަޖުވީދަށް ކިޔަވާށެވެ! ވިސްނައި އަކުރުތަކަށް ރައްކައުތެރިވެގެން ކިޔަވާށެވެ! އެއް ދުވަހުން ނުކިޔެވޭ މީހާ ދެ ދުވަހުން ކިޔެވުމަކީ ވެސް އަދި އެއަށްވުރެ ގިނަ ދުވަހުން ކިޔެވުމަކީވެސް އެއްވެސް މައްސަލައެއް ނޫނެވެ. އެންމެ މުހިންމީ ކިޔަވަން އޮތް ގޮތަށް ކިޔަވައި ކިޔެވި ކަމުގެ ސަވާބު ލިބިގަތުމެވެ. ކިޔެވި ނަމަވެސް ކިޔެވިކަމަށް ނުވެއްޖެ ނަމަ ލިބޭނެ ދެރަ މާބޮޑު ނޫން ހެއްޔެވެ؟
ކީރިތި ޤުރްއާނުގެ ކޮންމެ ތަނެއް ކިޔެވި ނަމަވެސް ކިޔަވަންވީ ކުރިން މި ބުނި ފަދައިންނެވެ. ބަޤަރާ ސޫރަތުގެ ވާހަކަ ޚާއްބަގޮތެއް ފާހަގަ މިކުރީ ހެނދުނު ބަޤަރާ ސޫރަތް ކިޔަވަން މިސްކިތުގައި ތިބޭ މީހުންގެ ކިޔެވުމުގެ އަޑު އިވޭ ގޮތުން މިއީ ފާހަގަކުރަން ޖެހޭ ބޮޑު މައްސަލައެއް ކަމުގައި ފާހަގަކުރެވޭ ވަރުންނެވެ. އަދި ގޭގެއިން އިވޭ އަޑަށްވެސް ބލައިގެންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ގެތަކުގަ ފިޠުނަ އުފައްދަނީ ޝައިޠޯނާ- އެފުރުޞަތު ޝައިޠޯނާއަށް ނުދީ ގޭގަ އެކުވެރިކަން ދަމަހައްޓަންވެސް ގޭގަ ބަޤަރާ ސޫރަތް ކިޔަވާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ