މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ރާއްޖޭގައި ދިރިއުޅެން އުނދަގޫވާ ވަރަށް ފުލުހުން މަސައްކަތްކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެންގެވުމަށް ފުލުހުން މުޅި ރާއްޖޭގައި ފަށައިފައިވާ ޑުރަގު އޮޕަރޭޝަނާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އިހުސާން ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން، އެ ވިޔަފާރިކުރުން ހުއްޓާލުމަށް އެދިވަޑައިގެންފައެވެ. އަދި މި ވިޔަފާރިކުރާ މީހުންނަށް އެ ފުރުސަތު ނުދެއްވާނެ ކަމަށާއި ރާއްޖޭގައި މިކަމުގައި އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
“އަލިމަގު”ގެ ނަން ދީފައިވާ އޮޕަރޭޝަނާ ގުޅޭ ގޮތުން ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ނަވީން ވިދާޅުވީ މި އޮޕަރޭޝަން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުރިއަށްދާނެ ކަމަށެވެ. މި މަސައްކަތަކީ ފާއިތުވި ހަމަސް ދުވަހުގެ ތެރޭގައި ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުގެ އަލީގައި ފުލުހުންގެ ހުރިހާ ބަހާތަކެއް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށް ނަވީން ވިދާޅުވިއެވެ.
އިންފޮމޭޝަން އެންޑް އާޓްސް އިން ކުރިއަށްގެންދާ “ފަންނީ އުފާ” ތުލުސްދޫގައި! މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރި 205 އުޅަނދު ޓޯ ކޮށްފި ރައީސް، ޓްރޭޑްމާރކް ބިލު، މިއަދު ތަސްދީގުކުރައްވައިފި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ