ފްލެޓް ހޯދުމަށް، ފިރިމީހާ/އަނބިމީހާއަށް ލިބިފައިވާ ގޯތި ދޫކޮށްލަން ނުޖެހޭ ގޮތް ހަދައިފި

ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގައި، ބިންވެރިޔާ ސްކީމުން އެމީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ލިބިފައިވާ ގޯތި ދޫކޮށްލަން ޖެހޭނެ ކަމަށް އޮތް އޮތުން ބަދަލުކޮށްފި އެވެ.
ވީ ކިހިނެއް؟- ހައުސިން މިނިސްޓްރީން މީގެ ކުރިން އިއުލާންކޮށްފައިވާ ގޮތުގައި، ގެދޮރުވެރިޔާ ސްކީމުން 4،000 ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގައި، ބިންވެރިޔާ ސްކީމުން އެ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ލިބިފައިވާ ގޯތި ދޫކޮށްލަން އެއްބަސްވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.
އެކަމަކު މިރޭ އެ މިނިސްޓްރީން ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ:
މިއީ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ކަމެއް ކަމަށް
އެހެންވެ، ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ސަރަހައްދުން ބިން ދޫކުރުމަށް ހަމަޖެހިފައިވާ ފޭސް-3 އާއި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ދާތީ އާއި ހިއްކާފައިވާ ބައެއް ބިންތަކުގައި އިމާރާތްކޮށް ދިރިއުޅެން ވަގުތު ނަގާނެތީ ކުރީގެ އިއުލާނަށް އަމަލު ނުކުރުމަށް ނިންމާފައިވާ ކަމަށް
އެ މިނިސްޓްރީން އިތުރަށް ބުނިގޮތުގައި، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު، އިއުލާން ކުރި ލިސްޓާ ގުޅިގެން، ފްލެޓު ނަންބަރު ގުރުއަތު ނަގައި އަދި ލިބޭ ފްލެޓު ކަނޑައެޅިފައިވާ ފަރާތްތަކުގެ ތެރެއިން، ބިންވެރިޔާ ސްކީމުން އަނބިމީހާ/ފިރިމީހާއަށް ގޯތި ލިބިފައިވާ އެއްވެސް ފަރާތަކަށް ޝަރުތު ހަމަނުވާކަމުގެ ލިޔުން މިހާތަނަށް ފޮނުވާފައެއް ނުވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ