ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި ތިން މީހަކު ދޫކޮށްލައިފި

މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާ އާ ގުޅިގެން ހައްޔަރުކުރި އަށް މީހުންގެ ތެރެއިން ތިން މީހުން ބަންދުން ދޫކޮށްލައިފިއެވެ. ޕަބްލިކް ޕްރޮސިކިއުޓަރު އަދި ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު "ސަން" އަށް ވިދާޅުވީ ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހުން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު މިއަދު ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ މައްސަލަ އިސްތިއުނާފު ކުރަން ނިންމީ ޖިނާއީ ބޮޑެތި ތުހުމަތު ތަކެއްގެ ހެކި ހުރި ބަޔަކު ދޫކޮށްލަން ކްރިމިނަލް ނިންމުމުން ކަމަށެވެ. ދޫކޮށްލި މީހުންގެ މައުލޫމާތު އަދި ނުލިބެ އެވެ. ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުން ވެސް ހިމެނެ އެވެ. އެ ތަހުގީގު ފުލުހުން ކުރިއަށް ގެންދަނީ ބޭރުގެ މާހިރުންގެ އެހީ އާ އެކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ