އެމްޑަބްލިއުއެސްސީ އިން ދުވާފަރުގައި އައިސް ވިއްކާ އަގު ހެޔޮ ކޮށްފި

އެމްޑަބްލިއުއެސްސީ އިން ރ. ދުވާފަރުގައި ޤާގާއިމްކޮށްފައިވާ އައިސް ޕްލާންޓުން ވިއްކާ އައިސްގެ އަގު ހެޔޮކޮށްފިއެވެ. މި ބަދަލާއެކު ބަދާލާއި އެކު، ޖީ.އެސް.ޓީ އާއެކު، މިހާރު އައިސް ޓަނެއް 1،050 ރުފިޔާ އަށް ލިބޭނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ. މީގެ ކުރިން ކުރިން އައިސް ޓަނެއް، ޖީއެސްޓީ އާއެކު، ވިއްކާފައި ވަނީ 1،275 ރުފިޔާއަށެވެ. އެމްޑަބްލިޔުއެސްސީ އިން އައިސް ވިއްކާ އަގު ހެޔޮކޮށްފައި މިވަނީ، ދުވާފަރާއި އަދި އެ ސަރަހައްދުގެ މަސްވެރިންގެ ބޭނުންތަކާއި ކަންބޮޑުވުންތަކަށް ރިއާޔަށްކޮށް، އާއްމުކޮށް ހުރިހާ ފަރާތްތަކަށް، ހާއްސަކޮށް މަސްވެރިންނަށް ވީހާވެސް ހެޔޮ އަގެއްގައި ލުއި ފަސޭހަ ކަމާއި އެކު އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ. އެމްޑަބްލިޔުއެސްސީ އިން އަންނަނީ 2013 ވަނަ އަހަރުން ފެށިގެން ދުވާފަރުގައި އައިސް ޕްލާންޓެއް ގާއިމްކޮށް އައިސް ފޯރުކޮށް ދެމުންނެވެ. މިއީ މަސްވެރިކަމާއި އަދި އެހެނިހެން ވިޔަފާރިތަކާ ވަރަށްބޮޑަށް ގުޅިފައިވާ ހިދުމަތަކަށް ވުމާއި އެކު، އެމްޑަބްލިޔުއެސްސީ އިން މި ހިދުމަތް ފޯރުކޮށްދެނީ ވިޔަފާރިއަކަށް ވުރެ ބޮޑަށް އާއްމު ހިދުމަތެއްގެ ގޮތުގައި ދެކިގެން ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މަސްވެރިކަމަކީ އެތައް ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ މަސައްކަތަކަށް ވެފައި، އިގުތިސާދަށް ފައިދާކުރަނިވި މަސައްކަތެއްކަމުން، އެ ހިދުމަތުގެ ޒަރީއާއިން މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ހިއްސާ ކުރެވުމަކީ ކުންފުނިންއުފަލާއި އެކު ފާހަގަ ކުރާ ކަމެއް ކަމަށްވެސް އެ ކުންފުނިން ބުނޏެވެ. އެމްޑަބްލިޔުއެސްސީ އިން ދަނީ މަސްދޯނިތަކުގެ އޯޑަރަށް ދުވާފަރު އައިސް ޕްލާންޓުން ދުވާފަރު ބަނދަރު ސަރަހައްދަށް، އައިސް ގެންގޮސްދިނުމުގެ ހިދުމަތްވެސް ފޯރުކޮށްދެމުންނެވެ. ރަސްމީ ކޮންމެ ދުވަހެއްގެ ހެދުނު 8:00 އާއި ރޭގަނޑު 22:00 އާއި ދެމެދު ދުވާފަރު ކަސްޓަމާ ސާރވިސް މެދުވެރިކޮށް އައިސް އަށް އޯޑަރު ކުރެވޭނެ ކަމަށާއި އެމްޑަބްލިޔުއެސްސީ އައިސް ހޮޓްލައިން ނަމްބަރު، 7999151 އަށް ގުޅައިގެންވެސް އައިސް އަށް އޯޑަރުކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ