ހިންނަވަރުން ޑުރަގާއެކު ކުއްޖަކު ހައްޔަރުކޮށްފި

ޅ. ހިންނަވަރުން މަސްތުވާތަކެއްޗާއެކު ކުޑަކުއްޖަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ކުޑަކުއްޖަކު އަތުން މަސްތުވާތަކެތި އަތުލައިގާތީ މާލެއިން އެރަށަށް ދިޔަ ބޯޓަކުން އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ ކުއްޖާ އިއްޔެގެ ވަގުތެއްގައި ހައްޔަރުކުރީ މާލެއިން ދިޔަ ބޯޓު ހިންނަވަރު ބަނދަރަށް ކައިރި ކުރި ވަގުތު ބޯޓުން ބޭލި ކޮތަޅަކާ ހަވާލުވުމާ އެކު ބަނދަރުމަތިންނެވެ. އަދި އެ ކޮތަޅު ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ބުންޏެވެ.
ނަމަވެސް މިއީ ކުޑަކުއްޖަކު ޝާމިލްވާ ކަމަކަށްވާތީ މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ