އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންގެ މަންދޫބަކަށް ފަރަހަނާޒަށް ރުހުން ދީފި

އިންޓަނޭޝަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)ގެ ރާއްޖޭގެ ދާއިމީ މަންދޫބަކަށް ޑރ. ފަރަހަނާޒް ފައިސަލްއަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. އިނގިރޭސީ ވިލާތުގެ ސަފީރުކަން ކުރައްވަމުންދާ ފަރަހަނާޒް އައިއެމްއޯގެ މަންދޫބަކަށް އައްޔަން ކުރަން ފާސްވީ، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީގެ ޖަލްސާގައ ބައިވެރިވިި 71 މެމްބަރުންގެ ތެރެއިން 54 މެމްބަރުންގެ ވޯޓުންނެވެ. ފަރަހަނާޒްއާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ނުދެއްވަ އެވެ. ފަރްހަނާޒް އެމަގާމަށް އައްޔަން ކުރަން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުވީ، މިދިޔަ މަހު 17 ވަނަ ދުވަހު އެވެ. ހާރިޖީ ދާއިރާގައި ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ފަރްހަނާޒް އަކީ އިނގިރޭސީ ވިލާތުގެ ސަފީރުގެ އިތުރުން، ސްޕެއިން އަދި ފަރަންސޭސިވިލާތަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރުވެސްމެއެވެ. ޕީއެޗްޑީ ހާސިލް ކުރެއްވި ރާއްޖޭގެ ފުރަތަމަ އަންހެންބެފުޅާގެ ޝަރަފު ހޯއްދެއްވި ފަރަހަނާޒް ތައުލީމް ހާސިލް ކުރެއްވީ، ސިޔާސީ ދާއިރާއިން އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ހަލް އިންނެވެ. އައިއެމްއޯއަކީ، އދ.ގެ ދަށުން މަސައްކަތް ކުރާ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރާ ގުޅޭ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާ އުފެދުނީ، 1959 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ