ހައިދަރަށް ފާޑުކިޔުން އަމާޒުވުމާއެކު ފްލެޓް ދޫކޮށްލަން ނިންމައިފި

ހަޔާ އެޑުއުކޭޝަން މިނިސްޓަރު އަލީ ހަދައިދަރުގެ ދެމަފިރިންނަށް 'ގެދޮރުވެރިޔާ'ސްކީމުން ފްލެޓް ލިބިފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމާއެކު އެ ފެލްޓް ދޫކޮށްލުމަށް ނިންމާފައިވާކަން އޭނާ މިރޭ އިއުލާންކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ސަރުކާރުން އެކުލަވާލި 4،000 ފެލެޓް ލިބޭ މީހުންގެ ލިސްޓު މުރާޖާކުރުމަށް ފަހު، މި ސަރުކާރުން މިއަދު ލިސްޓު ނެރުނު އިރުވެސް ހައިދަރަކީ ޝަރުތު ފުރިހަމަވާ މީހެއް ކަމަށް ކަނޑަައަޅާފައިވެ އެވެ. 
އެއާއެކު ގިނަ ދުވަސްތަކެއް ވަންދެން ބޭރުގައި ދިރިއުޅުވަމުން ގެންދެވި ހައިދަރު ފްލެޓަށް ޝަރުތު ހަމަވި ގޮތާމެދު އާންމުން އަންނަނީ ސުވާލު އުފައްވައި އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ފާޑުކިޔުން އަމާޒުވުމާއެކު، އެ ފްލެޓް ދޫކޮށްލަން ނިންމާވާފައިވާކަން ހައިދަރު މިރޭ ނެރުނު ބަޔާނެއްގައި ވަނީ އިއުލާންކުރައްވައިފަ އެވެ.
ތަފްސީލް - މިދިޔަ ޑިސެމްބަރު 26ގެ ނިޔަލަށް މި ސަރުކާރުގެ ފުރަތަމަ ހައުސިން މިނިސްޓަރުގެ މަގާމު ފުރުއްވި ހައިދަރު މިރޭ ނެރެއްވި ބަޔާނުގައި ވިދާޅުވި ގޮތުގައި:
އޭނާއަށް ވުރެ ބޮޑަށް މި ސްކީމުން ފްލެޓް ހައްގުވާ އެތައް އާއިލާއެއް ތިބޭނެ 
އެހެންވެ، އޭނާގެ ދެމަފިރިންނަށް ލިބުނު ފްލެޓް ދޫކޮށްލަން ނިންމެވި ކަމަށް ވިދާޅުވި
"އަޅުގަނޑު މިހާރު މިހުރި ހައިސިއްޔަތުގެ ގޮތުން، އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުން ނަމުގައި ކަނޑައަޅާގައިވާ ފްލެޓް ލިބިގަތުގައި އުޒުވެރިވަމެވެ." ބަޔާނުގައި އޭނާ ވިދާޅުވި އެވެ.
"ވީމާ މި ސްކީމުން އަޅުގަނޑުމެންނަށް ލިބޭ ފްލެޓް ދޫކޮށްލަން ގަސްދުކުރާ ވާހަކަ ނުހަނު ތާއަތާއި އިހުތިރާމާ އެކު ދެންނެވީމެވެ،" ހައުސިން މިނިސްޓަރުކަން ވެސް ކުރެއްވި ހައިދަރުގެ ބަޔާނުގައިވެ އެވެ.
އަނބިކަނބަލުން މަރިޔަމް ތައުފީގާއާއެކު ތިން ކޮޓަރީގެ ފްލެޓް ހޯދުމަށް ހުށަހެޅި ޖޮއިންޓް އެޕްެލިކޭޝަނަށް ދެ ލިސްޓުން ވެސް ހައިދަރަށް ލިބުނީ 75 މާކްސް އެވެ. 
މުއްތަލިބުގެ ބަސް - އެ ބަޔާން ނެރުމުގެ ކުރިން ފާޑުކިޔުންތައް އަމާޒުވެ، ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މި ލިސްޓުގައި ހައިދަރުގެ ނަން އޮތުމުން އެކަން ދިފާއު ކުރައްވާފައިވެ އެވެ.
"އޭރު އެކުލަވާލާފައިވާ އުސޫލުގެ ދަށުން މާލެއަށް އުފަން މާލޭގެ ރަޖިސްޓްރީގައިވާ ފަރާތްތަކުގެ ޝަރުތު ހަމަވާއިރު، އޭސީސީގެ އެންގުމަށް މިސަރުކާރުން ފޯމުތައް އަލުން ވެރިފައިކުރިއިރު، ވެރިފިކޭޝަންގެ ތެރެއިން [ހައިދަރުގެ ދެމަފިރިން] ޝަރުތު ހަމަނުވާ ނުވަތަ ޕޮއިންޓަށް ބަދަލު އަންނަ ފަދަ ކަމެއް ފާހަގަވެފައެއް ނުވޭ،" މުއްތަލިބު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ