ޖަޕާނު ސަރުކާރުގެ ފަރާތުން ދިވެހި ދަރިވަރުންނަށް ދޭ "ޖަޕަނީސް ގަވަމަންޓް ސްކޮލަރޝިޕް 2027" ގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ހުޅުވާލައިފިއެވެ.
މި ސްކޮލަރޝިޕާ ބެހޭ އިތުރު މަޢުލޫމާތާއި އެޕްލިކޭޝަން ހުށަހަޅާނެ ގޮތުގެ ތަފްޞީލް މިނިސްޓްރީގެ "ކުރި" ޕޯޓަލުން ލިބެން ހުންނާނެއެވެ. މީގެ އިތުރުން "ސްޓަޑީ އިން ޖަޕާން" ވެބްސައިޓް މެދުވެރިކޮށްވެސް ތަފްޞީލްތައް ބަލާލެވޭނެއެވެ.
ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 17 ވަނަ ދުވަހުގެ 5:00 ކުރިން އޮންލައިން އެޕްލިކޭޝަން ފުރިހަމަކޮށް، ބޭނުންވާ އެންމެހައި ލިޔެކިޔުންތަކާއެކު ހުށަހަޅަންޖެހެއެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ ސްޓަޑީ އިން ޖަޕާންގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށެވެ.
މި ކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން އެ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުމަށް މިނިސްޓްރީން އިރުޝާދު ދެއެވެ. އަދި ރާއްޖޭގައި މަސައްކަތް ކުރުމަށް ވަކި ލައިސެންސެއް އޮންނަންޖެހޭ ދާއިރާއެއްގެ ކޯހެއްނަމަ، ކަމާބެހޭ އިދާރާތަކުން އެ ކޯހެއް ޤަބޫލުކުރާކަން ކަށަވަރު ކުރުމަކީވެސް މުހިންމު ކަމެކެވެ.
ޖަޕާން ސަރުކާރުންދޭ ސްކޮލަރޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ