ފުވައްމުލަކު މުބާރާތުގެ ބަދަލުގައި ލަބޭރާ ބޮޑީބޯޑިން ޗެލެންޖުގައި ބައިވެރިވާން ހުޅުވާލައިފި ފުވައްމުލަކު މުބާރާތުގެ ބަދަލުގައި ލަބޭރާ ބޮޑީބޯޑިން ޗެލެންޖުގައި ބައިވެރިވާން ހުޅުވާލައިފި

ފުވައްމުލަކު ބޮޑީބޯޑިން ޗެލެންޖްގެ ބަދަލުގައި، ގައުމީ ބޮޑީބޯޑިން ލީގުގެ ދެ ވަނަ މުބާރާތަކަށް ލަބެރާ ބޮޑީބޯޑިން ޗެލެންޖް ހަދައި، އެ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަނުން އެންމެ ފުރަތަމަ މި އަހަރު ނެރުނު ކަލަންޑަރުގައި ލަބެރާ ނެތެވެ. ލަބެރާގެ ބަދަލުގައި އޭރު ހިމަނާފައިވަނީ ފުވައްމުލަކު ބޮޑީބޯޑިން ޗެލެންޖް އެވެ.
އެކަމަކު އެމްބީބީއޭ އިން ވަނީ ފުވައްމުލަކު މުބާރާތުގެ ބަދަލުގައި ލަބެރާ އަލުން ކުރިއަށް ގެންދާން ނިންމާފަ އެވެ. މިއީ ލަބެރާ ސީރީޒް ކުރިއަށް ދާނެ ހަތަރުވަނަ ފަހަރެވެ.
އެމްބީބީއޭ އިން ބުނީ މި ފަހަރުގެ މުބާރާތް ކުރިއަށް ދާނީ ތިން ކެޓަގަރީއަކަށް ކަމަށެވެ. އެއީ އޯޕަން ކެޓަގަރީ، ޖޫނިއާ ކެޓަގަރީ އަދި ޑްރޮޕް-ނީ ކެޓަގަރީ އެވެ.
ލަބެރާގެ އެންމެ ފަހުގެ ޗެމްޕިއަންކަން ހޯދީ އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އެވެ. އަދި ޖޫނިއާ ޑިވިޝަންގެ ޗެމްޕިއަންކަން މުހައްމަދު އަޒާން އަހުމަދު ހޯދިއިރު، ޑްރޮޕް-ނީ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ވެސް ކުޑަ އައްޔަ އެވެ.
މި އަހަރުގެ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް، ބުރުނު ޝިކާރުގެ އޯޕަން ކެޓަގަރީ އާމިން އުމަރު މޫސާ ކާމިޔާބުކުރިއިރު، ޑްރޮޕް-ނީ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އެވެ. އަދި ޖޫނިއާ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ އިޔަން އަހުމަދު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ