ނޮޅިވަރަންފަރު ކޯޓުގެ އިސް މެޖިސްޓްރޭޓް އިހުމާލުވި ކަމަށް ބެލެވޭ މައްސަލައެއް ބަލަނީ

ހދ. ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯތުގެ އިސްމެޖިސްޓްރޭޓް އަލީ އަހުމަދުގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން މިއަދު ބުނީ, އަލީ އަހުމަދުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމީ ފަނޑިޔާރެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބެލެވޭ ޝަކުވާއަކާ ގުޅިގެން ކަމަށެވެ.
އަދި މި މަހުގެ 23 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި މައްސަލަ ތަހުގީގުކުރުމަށް ތަހުގީގު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށްވެސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ