އުރީދޫ މޯލްޑިވްސްއިން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބިލްތަކަށް ފައިސާ ދެއްކުމާއި، ރީޗާޖް ކުރުމުގެ އިތުރުން އެޑް-އޯންތައް ގަނެވޭނެ އައު 'އޮޓޯޕޭ' ފީޗާއެއް އުރީދޫ އެޕަށް ތައާރަފުކޮށްފިއެވެ.
މި ޚިދުމަތަކީ ކަސްޓަމަރުން ކޮންމެ ދުވަހަކު ބޭނުންކުރާ މުއާސަލާތީ ޚިދުމަތްތަކަށް ފައިސާ ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ފީޗާއެކެވެ. މީގެ ސަބަބުން ކަސްޓަމަރުން ބޭނުންވާ ތާރީޚެއްގައި އަދި ވަގުތެއްގައި އޮޓޮމެޓިކުން މުއާމަލާތްތައް ހިނގާ ގޮތަށް، ކާޑުގެ މައުލޫމާތު ރައްކާތެރިކަމާއެކު ސޭވްކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މަހުން މަހަށް ދައްކަންޖެހޭ ބިލްތަކާއި، ޕްރީޕެއިޑް ރީޗާޖް ނުވަތަ އެންމެ ގަޔާވާ އެޑް-އޯންތައް ގަތުމަށް އެއްފަހަރު ސެޓްއަޕް ކޮށްލުމުން، ދެން ހުރި ކަންކަން އުރީދޫ އެޕް މެދުވެރިކޮށް އަމިއްލައަށް ކުރިއަށްދާނެއެވެ. މީގެ ސަބަބުން ކޮންމެ މަހަކު ފައިސާ ދައްކަން ހަނދާން ބެހެއްޓުމުގެ ބަދަލުގައި، އެއްވެސް މެދުކެނޑުމެއް ނެތި ޚިދުމަތްތައް ބޭނުންކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.
އޮޓޯޕޭގެ ޚިދުމަތް ހޯދުމަށްޓަކައި، ފައިސާގެ މުއާމަލާތެއް ހިންގާއިރު ކާޑުގެ މައުލޫމާތު ސޭވްކުރުމަށްފަހު، އުރީދޫ އެޕްގެ "More" މެނޫއިން "Autopay" ބަޔަށް ގޮސް، އޮޓޮމެޓިކުން ފައިސާ ދައްކަން ބޭނުންވާ ޚިދުމަތަކާއި ވަގުތު އިޚްތިޔާރު ކުރަންޖެހެއެވެ.
މި އައު ފީޗާއަކީ އުރީދޫ މޯލްޑިވްސްއިން ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ މުއްސަނދިކޮށް، ޚިދުމަތްތައް މެނޭޖްކުރުމުގައި ލުއިފަސޭހަ އަދި ޒަމާނީ ގޮތްތައް ތައާރަފުކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
މި ޚިދުމަތާ ގުޅޭ އިތުރު މައުލޫމާތު އުރީދޫގެ ވާޗުއަލް އެސިސްޓަންޓް "އީވީ" އާ ޗެޓްކޮށްގެން އޮޅުންފިލުވާލެވޭނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
އުރީދޫ އެޕް މެދުވެރިކޮށް ބިލް ދެއްކުމާއި ރީޗާޖް ކުރުމަށް 'އޮޓޯޕޭ' ތައާރަފުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ