އިސްތަންބޫލް، ތުރުކީ (ޖޫން 9) - އަންނަ ބުރާސްފަތި ދުވަހު، އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗުަތައް ކުޅޭއިރު، ދަނޑުތަކަށް ފަލަސްތީނުގެ ދިދަ ވެއްދުމުގަައި ހުރަހެއް ނެތް ކަމަށް ފީފާ އިން އަންގާފައިވާ ކަމަށް ގިނަ މީޑިއާތަކަކުން ރިޕޯޓްކޮށްފި އެވެ.
ފީފާ އިން މި ގޮތަށް ކަނޑައަޅާފައިވަނީ، ފަލަސްތީނަކީ ފީފާގެ ފުލް މެމްބަރެއް ކަމަށްވާއިރު، ފީފާގެ ހަރަކާތެއް ހިނގާތަނެއްގައި، އެ ފެޑެރޭޝަނުގެ ފުލް މެމްބަރެއްގެ ރަސްމީ ހައިސިއްޔަތު ރަމްޒުކޮށްދޭ ދިދަ ފަދަ ތަކެތި ދަނޑުގައި ބޭނުންކުރެވޭނެތީ އެވެ، އެހެން ނަމަވެސް، ސިޔާސީ ގޮތުން މެސެޖުތައް ލިޔެގެން ދިދައާ އެކު ބެނާއެއް ބޭނުންކުރުމުގެ ހުއްދަ ނުދޭނެ ކަަމަށް ވެސް ފީފާ އިން އަންގާފައިވެ އެވެ.
އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ފަލަސްތީނަށް އޮތް ސަޕޯޓް ދެއްކުމުގެ ގޮތުން، އެކި މުބާރާތްތަކުގެ މެޗުތަކުގައި ސަޕޯޓަރުން ވަނީ ފަލަސްތީނުގެ ދިދަ ބޭނުންކޮށްފަ އެވެ. ފަލަސްތީނުގެ ދިދަ ބޭނުންކޮށްފައިވާ ގޮތުން ބައެއް ފަހަރު ސަޕޯޓަރުންނަށް ޑިސިޕްލިނަރީ ފިޔަވަޅު އަޅާފައިވެސްވެ އެވެ.
އެހެން ނަމަވެސް، މި ފަހަރުގެ ވޯލްޑް ކަޕްގައި ހަމައެކަނި ފަލަސްތީނުގެ ދިދައެއް ދައްކާލުމަކުން ފިޔަވަޅެއް ނާޅާނެ ކަމަށް ފީފާގެ އޮފިޝަލަކާ ހަވާލާދީ، މެދުއިރުމަތީގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެހެންކަމުން، މި ފަަހަރުގެ ވޯލްޑް ކަޕްގައި ކުޅޭ 104 މެޗުގެ ތެރެއިން ގިނަ މެޗުތަކެއްގައި ފަލަސްތީނުގެ ދިދަ ފެނުމުގެ ފުރުސަތު އެބައޮތެވެ.
ފީފާ ވޯލްޑް ކަޕްގެ މެޗުތައް ބަލަން ދަނޑަށް ވަންނަ ސަޕޯޓަރުންނަށް އަމިއްލަ ފެންފުޅިއެއް ހިފައިގެން ނުަވަދެވޭނެކަމަށް އަންގައި، ސަޕޯޓަރުންގެ ގައިޑްލައިން ފީފާ އިން މި މަހު ދެ ވަނަ ދުވަހު ވަނީ ބަދަލުކޮށްފަ އެވެ. އެކަމަކު، ސަޕޯޓަރުންގެ ފަރާތުން ކުރިމަތިވި ޕްރެޝަރުތަކާ އެކު، ފީފާ އިން ވަނީ މިހާރު ކުރިން އޮތްގޮތަށް ރީޔޫޒަބަލް އަމިއްލަ ފެންފުޅިއެއް ދަނޑަށް ގެންދިއުމުގެ ހުއްދަދޭން ނިންމައިފަ އެވެ. އަދި، އެ މާއްދާ ވަނީ، އޮފިޝަލް ސްޓޭޑިއަމް ކޯޑް އޮފް ކޮންޑަކްޓްގައި އަލުން ހިމަނައިފަ އެވެ.
ފަލަސްތީނުގެ ދިދަ ވޯލްޑް ކަޕް މެޗުތަކަށް ދަނޑަށް ވެއްދުމަށް ހުރަހެއް ނެތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ