ކުށް މަދުކުރުމުގެ ޕްރޮގްރާމެއް ފުވައްމުލަކުގައި ފަށައިފި

"އެންމެން ގުޅިގެން ކުށް މަދުކުރެވޭނެ" ޕްރޮގްރާމް ފުވައްމުލަކުގައި ފަށައިފި އެވެ.
ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ބުނީ، ފުލުހުންނާއި މުޖުތަމައުގައި ހިމެނޭ ހުރިހާ ފަރުދުންނާއި ޖަމާއަތްތައް ގުޅިގެން ކުށް މަދުކުރުމަށް މަސައްކަތްކުރުމަށް ހިންގާ މި ޕްރޮގްރާމް މި މަހުގެ 15 އިގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ.
މި ޕްރޮގްރާމުގެ ދަށުން ފުވައްމުލަކު އަވަށްކުރިއަރުވާ ކޮމިޓީތަކާއި ޖަމާއަތްތަކަށް އެކިއެކި ދާއިރާތަކުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ބުންޏެވެ. އޭގެ ތެރޭގައި ކުޑަކުދިން ކުރާ ކުށްތަކާއި، ކުޑަކުދިންނާއި މެދު ބޮޑެތި މީހުން ކުރާކުށްތަކާއި، މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކާއި މަގުމަތީގެ ގަވާއިދުތަކާއި މައުލޫމާތު ދޭނެ ކަމަށް ވެސް ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ބުންޏެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް އިން ހިންގަވާ އެންމެން ގުޅިގެން ކުށްމަދުކުރެވޭނެ، ޕްރޮގްރާމް ހަތް އަތޮޅެއްގައި ކުރިޔަށް ގެންގޮސްފައިވެ އެވެ. މިއީ މި ޕްރޮގްރާމް ހިންގާ އަށް ވަނަ އަތޮޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ