ޕީޕީއެމްގެ ކޮންގްރެސް ނޮވެމްބަރަށް ފަސްކޮށްފި

އަންނަ މަހު ބޭއްވުމަށް ނިންމާފައިވާ ޕީޕީއެމްގެ ކޮންގްރެސް ނޮވެމްބަރު މަހަށް ފަސްކޮށްފިއެވެ.
މިއަދު ބޭއްވި އެޕާޓީގެ ކައުންސިލު ބައްދަލުވުމުގައި ކޮންގްރެސް އަންނަ ނޮވެމްބަރު މަހު 15،16،17 އަށް ފަސްކޮށްފައިވަނީ ޕީޕިއެމުން ވާން ޖެހޭ ބައެއް ތައްޔާރީތައް ވުމަށެވެ. އެގޮތުން ނޮވެމްބަރު މަހުގެ 15އާއި ހަމައަށް ޕީޕީއެމުގެ ހުރިހާ ގޮފިތަކެއް އުފައްދާ ކޮންގްރެސްއައްޓަކާ ވާން ޖެހޭ އެހެނިހެން ތައްޔާރީތައް ވުމަށްވަނީ ނިންމާފައެވެ.
ޕީޕީއެމުގެ ކޮންގްރެސް ބޭއްވުމަށް ކުރިން ނިންމާފައިވަނީ އަންނަ މަހުގެ 13،14،15ގައެވެ. މިއީ ޕީޕީއެމްގެ ކޮންގްރެސް ފަސް ކުރި ދެވަނަ ފަހަރެވެ.
ޕީޕީއެމުގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެޕާޓީ ރަޖިސްޓްރީ ކުރި ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ކޮންގްރެސްއެއް ބާއްވަން ޖެހޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ