އެއާރޕޯޓް ސެކިއުރިޓީ އޮފީހުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގެ ސެކިއުރިޓީ އޮފީހުގައި އަލިފާނުގެ ހާދިސާއެއް ހޮނިހިރު ދުވަހު ހިނގައިފިއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް އިބްރާހިމް އާޒިމް ވިދާޅުވީ އެއާރޕޯޓް ސެކިއުރިޓީ އޮފީހުގައި އަލިފާނުގެ ކުޑަ ހާދިސާއެއް ހިނގާފައިވާ ކަމަށާއި އެއާރޕޯޓުގައި އުޅުއްވާ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.
މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޑެޓްގެ މީޑިއާ އޮފިޝަލް ހަސަން އަރީފް ވިދާޅުވީ އެ ސަރަހައްދުގައި އަލިފާން ރޯވާން ދިމާވި ސަބަބު ނޭނގޭ ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިނުވާ ކަމަށެވެ.
ފުލުހުން ދަނީ މި ހާދިސާ އިތުރަށް ތަހްޤީޤް ކުރަމުންނެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ