މިއަދު ނެގި 4863 ސާމްޕަލުން ޕޮޒިޓިވްވީ 81 މީހުން

ރާއްޖެއިން އިތުރު 81 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) 4،863 ސާމްޕަލް ކޮވިޑަށް ޓެސްޓު ކޮށްފައިވެ އެވެ.
އޭގެ ތެރެއިން ޕޮޒިޓިވްވީ 81 ސާމްޕަލްއެވެ. އެއީ މާލެ ސަރަހައްދުން 20 މީހަކާއި އަތޮޅު ތެރެއިން 44 މީހަކާއި ރިސޯޓުތަކުން 17 މީހެކެވެ.
މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 76،627 އަށް އަރައިފަ އެވެ.
ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން 82 މީހުން މިއަދު ވަނީ މި ބަލިން ފަސޭހަވެފަ އެވެ. އެއާއެކު ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 73،795 އަށް އަރާފައިވާ އިރު، ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު އުޅެނީ 2،601 ގައެވެ.
ކޮވިޑު ޖެހިގެން މިވަގުތު އެޑްމިޓް ކޮށްގެން ފަރުވާ ހޯދަމުން ދަނީ 18 މީހެކެވެ. އަދި ބަލީގައި 219 މީހަކު ވަނީ މަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ