އޮޅުވާލައިގެން އެމްޑީޕީގެ ދަފްތަރުގައި ރައްޔިތުން ޖެއްސުމަކީ ޖިނާއީ ކުށެއް: ޖަމީލު

އެމްޑީޕީގެ ދަފްތަރު ސައްހައެއް ނޫން ކަމަށާއި، އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް، ކުރީގެ ނައިބް ރައީސް ޑރ.މުހައްމަަަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.އޭނާ މިހެން ވިދާޅުވީ، އެމްޑީޕީ ދަފްތަރުގައި ޕީޕީއެމްގެ އެތައް މެންބަރުންނެއް ތިބުމާއި ގުޅިގެން އެ ޝަކުވާތައްކުރަމުން އަންނަ ދަނޑިވަޅެއްގައި ކުރެއްވި ޓުވީޓެއްގައެވެ.ޖަމީލް ހާމަކުރެއްވިގޮތުގައި އެއީ ޖިނާއީ ކުށެކެވެ. އަދި އެ އަމަލުން ވެރިކަމުގެ ބާރާއި ނުފޫޒު އެމްޑީޕީއިން ބޭނުންކޮށްފައިވާކަން ހާމެވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ."ރައްޔިތުންނަށް އޮޅުވާލައިގެން ޕާޓީއަށް ވެއްދުމުގައި ގިނަ އިދާރާތަކުގެ ބައިވެރިވުން އެބަ އޮތް. މިއީ ފުރިހަމަ ތަހްގީގެއްކޮށް، ފިޔަވަޅު އަޅަން ޖެހޭ ޖިނާއީ ކުށުގެ އަމަލެއް". ޑރ. ޖަމީލް ވިދާޅުވިއެވެ.ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއްގެ ނަން އެމްޑީޕީގެ ދަފްތަރުގައި ހިމަނާފައިވާ މައްސަލަ އެއް ފެންމަތިވެ، އެ މެމްބަރުން އެކެމާއި މެދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޚަލީލާއި މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ހަސަން މުފީދުގެ އިތުރުން މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްލަތީފާ އެކު ޕީޕީއެމްގެ އާންމު މެމްބަރުންތަކެއްގެ ނަން އެމްޑީޕީގެ ދަފްތަރުގައި ހިމަނާފައިވެއެވެ.އެމްޑީޕީގެ ދަފްތަރުގައި ޚަލީލްގެ ނަން އޮތްކަން އެނގުނީ އޭނާ އެމްޑީޕީގެ ވެބްސައިޓުގައި އައިޑީ ކާޑު ނަންބަރު ޖެހުމުންނެވެ. އަދި އޭނާގެ ނަމާ އިތުރު ތަފްސީލް ފެނުމުން އެކަމާ ހައިރާންވިކަމަށް ވިދާޅުވެ ޓުވީޓު ކުރައްވާފައިވެއެވެ. އަދި އެކަމުން ދޭހަކޮށްދެނީ އެމްޑީޕީއިން ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ގަވައިދާ ޚިލާފަށް މައުލޫމާތު ނަގައިގެން އުޅޭ ކަމެވެ.އެމްޑީޕީގެ ދަފްތަރުގައި މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ހަސަން މުފީދު އޮތުމާގުޅިގެން އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މީހެއްގެ އަމިއްލަ އިއުތިރާފެއް ނެތި އަމިއްލަ ޒާތީ މައުލޫމާތުތަކެއް އެމްޑީޕީއިން ބޭނުންކުރުމަކީ ޖިނާއީ ކުށެއް ކަމަށެވެ. އަދި އެފަދަ ނާތަހުޒީބު ކަންކަމުގައި އަމިއްލައަށް ސިޓީ ފޮނުވާ ދަފްތަރުން ކެނޑެން ސިޓީ ލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްލަތީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާގެ އަމިއްލަ ޒާތީ މައުލޫމާތުތަކެއް ވަގަށް ނަގައިގެން އެމްޑީޕީގެ އެތެރޭގެ ދަފްތަރުގައި ހިމަނާފައި އޮތް އޮތުމަކީ ޖިނާއީ ކުށެއް ކަމަށެވެ. އަދި އެއީ ކަނޑައެޅިގެން އެމްޑީޕީގެ ޕްރައިމަރީ އިން ވައްކަން ކުރުމަށާއި ވޯޓު އޮޅުވާލުމަށް ހިންގާ ބޮޑު ޖަރީމާއެއްގެ ގޮތުގައި އޭނާ ވަނީ އެކަން ސިފަކުރައްވާފައެވެ. ލަތީފް ވަނީ މިކަމާގުޅޭ އިތުރު ތަފްސީލް ޗެނަލް 13 އަށް ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ ޝަރުއީ ކޯޓުތަކާ ހިސާބަށްވެސް މި މައްސަލަ ގެންދަވާނެކަމަށެވެ.މީގެ އިތުރުން ޕީޕީއެމް މެމްބަރެއްކަމަށް ވާ ޒާހިދާ އަބްދުއް ރަހުމާން އެމްޑީޕީ ދަފްތަރުގައި ޖެއްސުމަށްފަހު އޭނާގެ ފޯނަށް އެ ޕާޓީއިން ވަނީ މަރުހާބާ ދަންނަވައި މެސެޖެއް ފޮނުވާފައެވެ. ޒާހިދާ ބުނިގޮތުގައި އޭނާފެ ފިރިމީހާވެސް ޕީޕީއެމްގެ ދަފްތަރުން ވަކިކޮށް އެމްޑީޕީގެ ދަފްތަރުގައި ޖައްސާފައިވެއެވެ.މިކަމާގުޅިގެން ޗެނަލް 13 އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ ވިދާޅުވީ މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ