އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިމެން ކައިރިވެއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ހިމެނޭ އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިމެން ކައިރިވެއްޖެއެވެ.
އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވިދާޅުވީ ސީޕްލޭން ޓާމިނަލްގެ ސްޓްރަކްޗާ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ފިނިޝިމް މަސައްކަތްައް ކަމަށެވެ. ޓާމިނަލްގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ އެއާކޮންޑިޝަން ހަރުކޮށް ކަރަންޓާއި ފެން ވައިރު ކުރުން ފަދަ އެންމެ ފަހުގެ މަސައްކަތްތަކެވެ.
ސީޕްލޭން ޓާމިނަލްގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 29 ވަނަ ދުވަހު އެވެ. ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިންމާ، ހުޅުވަން ތާވަލް ކޮށްފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހު އެވެ.
އެމްއޭސީއެލް އިން 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ހޭދަކޮށްގެން ތަރައްގީ ކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލް އާއި އެކު ސީޕްލޭންގެ ޚިދުމަތް އިތުރަށް ފުރިހަމަ ވެގެން ދާނެއެވެ.
ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިމެން ކައިރިވެފައި ވާއިރު ޓާމިނަލް ޓްރާންސް މޯލްޑިވިއަން އެއާވޭޒް (ޓީއެމްއޭ) އަށް ކުއްޔަށް ދޭން އުޅޭ ކަމުގެ އަޑުތައް ވަނީ ވަރަށް ގަދަވެފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމަށް އެއް ބިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު މަޝްރޫޢެއް ފައްޓަވާފައެވެ. އެމަޝްރޫއުގެ ދަށުން ފެށި ގިނަ މަސައްކަތްތައް މިއަހަރު ނިމެނޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ