ހެލްމެޓް އަޅައިގެން މީހަކަށް ހަަމަލާދީ ފައިސާ ފޭރިގެންފި

ހެލްމެޓް އަޅައިގެން ތިބި ބަޔަކު ސްޓޭޓް ބޭންކް އޮފް އިންޑާ (އެސްބީއައި) ކައިރިން މީހަކަށް ހަމަލާދީ ފައިސާތަކެއް ފޭރިގެންފި އެވެ. -- މިއަދަކީ ރާއްޖޭގެ ތާރީހުގައި މަޖޫބުރު ކަމެއްގެ ގޮތު، ފުރަތަމަ ފަހަރަށް ހެލްމެޓް އަޅަން ފެށި ތާރީހީ ދުވަހެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު އަވަސް" އަށް މިއަދު ވިދާޅުވީ، މިއަދު ހެނދުނު 9:53 ހާއިރު ބޮޑުތަކުރުފާނު އެސްބީއައި ކައިރިން ދިވެއްސަކަށް ތޫނު އެއްޗަކުން ހަމަލާދީ ބިރު ދެއްކުމަށްފަހު ފައިސާތަކެއް ފޭރިގަނެފައިވާ ކަމުގެ މައްސަލައެއް ބަލަމުންދާ ކަމަށެވެ.
ފުލުހުން ބުނީ ފޭރުމުގެ އެ އަމަލު ހިންގާފައިވަނީ، ދެ ސައިކަލެއްގައި އައި ހަތަރު މީހަކު ވެގެން ކަމަށާއި އެ ހަތަރު މީހުންވެސް ތިބީ ހެލްމެޓް އަޅައިގެން ކަމަށެވެ. އަދި ވިދާޅުވީ އެ މީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
ފޭރިގަނެފައިވާ ފައިސާ އަކީ ކޮންތަނެއްގެ ފައިސާއެއް ކަމެއް އަދި އެ ފައިސާގެ އަދަ ދުވެސް ސާފުވެފައެއް ނުވެއެވެ.
ސިނަމާލެ، ބުރިޖާއި، ހައިވޭގެ އިތުރުން، މާލޭ ރިންގްރޯޑްގައި ހެލްމެޓް ނާޅާ ދުއްވުން ރޭ 12 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ. މިއީ ހެލްމެޓް އެޅުން މަޖުބޫރި ކުރި ފަހުން އައި މިފަދަ ފުރަތަމަ ހާދިސާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ