ﷲ ނަހީ ކުރައްވާފައިވާ ކަންތައް ކުރަން ޔާމީނަށް ފައިސާ ދުލެއް ނުކުރާނަން – ނަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފްރީޒް ކޮށްފައި ހުރި އެ ކައުންޓުގައިވާ 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ، މާތް ﷲ ނަހީ ކުރައްވާފައިވާ ކަންތައްތައް ކުރެއްވުމަށް ދޫނުކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރަން ކްރިމިނަލް ކޯޓުން ނެރެފައި އޮތް އަމުރު ހައި ކޯޓުން މިއަދު ބާތިލް ކުރުމުން އެކަމަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ނަޝޯދު ވިދާޅުވީ، ޔާމީންގެ އެކައުންޓުގައި ހުރި ފައިސާ އިން މީހުންނަށް ރިޝްވަތު ދޭން، އެ ފައިސާ ނުދެއްވާނެ ކަމަށެވެ.
"ވިދާޅުވި އެއީ ކެމްޕޭނަށް ދީފައި ހުރި ފައިސާ އޭ. ކެމްޕޭން ނިމިއްޖެ. ފައިސާ ހަރަދެއް ނުކުރި. އަދި އަޅުގަނޑުމެނަށް އެބަ އެނގޭ ކެމްޕޭނަށް ދޭ ފައިސާ ވެސް ރިސިޓް އާ އެކީގަ ކަން އަންނަނީ. ކާކުތޯ ކެމްޕޭނަށް ފައިސާ ދިނީ؟ ނޫން. އެއީ ވަގަށް ނަގާފައި ހުރި ފައިސާ ކަނޑައެޅިގެން ވަގަށް ނަގާފައި ހުރި ފައިސާ. ދިވެހި ރާއްޖޭގެ ރައްޔިތުންގެ ފައިސާ." ޔާމީން ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ޔާމީން ގެ އެކައުންޓުގައި ހުރި ފައިސާ ހުންނާނީ ބޭންކު ގައި ކަމަށާއި، އެ ފައިސާ ދެން ވަންނާނީ، ދައުލަތުގެ ހަޒާނާ އަށް ކަމަށެވެ. އެ ނޫންތަނަކަށް އެ ފައިސާ ވަންނަން ނުޖެހޭނެ ކަމަށާއި އެއީ ރައްޔިތުންގެ ފައިސާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރަން ނެރުނު އަމުރު ހައިކޯޓުން މިއަދު ބާތިލް ކުރިއިރު އެކައުންޓްތައް ފްރީޒް ކުރަން ކްރިމިނަލް ކޯޓުން އިތުރު އަމުރެއް ނެރެފައިވާ ކަމަށް ބައެއް މީޑިއާތަކުން މިރޭ ވަނީ ރިޕޯޓް ކޮށްފައެވެ.
ކްރިމިނަލް ކޯޓުން ޔާމީންގެ އެކައުންޓް ފްރީޒް ކުރަން އަމުރު ނެރެފައިވަނީ، ދައުލަތުގެ މާލީ އިދާރާތަކުން ފުލުހުންނަށް ހުށަހެޅި ސިޓީއާއި، ޔާމީންގެ ބޭންކް ސްޓޭޓްމަންޓްއަށް ރިއާޔަތްކޮށެވެ. އެ ހުކުމް ބާތިލުކޮށް ހައިކޯޓުން ބުނީ ބޭންކުގެ ކަސްޓަމަރުންގެ މައުލޫމާތުތައް ހޯދަން ވާނީ ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ލިޔުމަކުން އެދިގެން ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނެފައިވާ ކަމަށެވެ. އެކަމަކު އެ ގާނޫނުގެ ދަށުން ލިޔުމަކުން ދައުލަތުން އެދިފައި ނެތްކަން ޝަރީއަތަށް ހާމަވާ ކަމަށް ހައިކޯޓުގެ ހުކުމުގައި ވެއެވެ. ނަމަވެސް ރަސްމީ އިދާރާއަކުން އެކަން ކަށަވަރު ކޮށެއް ނުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ