މާލެއާ ހުޅުމާލެއަށް ވާރޭ ވެހިއްޖެ

ވާރޭ ނުވެހޭތާ ގިނަ ދުވަސް ވެ ވާރޭ ފެން ނުލިބި ދަތިވެފައިވަނިކޮށް މާލެއާއި ހުޅުމާލެއަށް ވެހިއްޖެއެވެ. މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ބުނީ މިރޭ ވާރޭ ވެހޭނެ ކަމަށް ކުރިންވެސް ލަފާކޮށްފައިވާ ކަމަށާއި އެގޮތުން މެދު ރާއްޖެތެރެއާ ދެކުނުން ވިއްސާރަ ވިލާތައް ފެނުނު ކަމަށެވެ. އަދި ބުނީ މާލެއާ ހުޅުމާލެއަށް އަށް މިރޭ އަށް މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށެވެ. މެޓް އޮފީހުން ބުނީ މިރޭ ރާއްޖޭގެ ދެނުކުނުގެ އެކި ހިސާބުތަށް ދޭތެރެ ދޭތެރެއިން ވިއްސާރަ ކުރި ކަމަކަށެވެ. އަދި މާދަމާ ދެކުނަށާއި މެދުރާއްޖެތެރެއަށް ވިއްސާރަކުރާނެކަމަށް ބެލެވޭ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ. މާލެއާ ހުޅުމާލެއަށް ބޯކޮށް މިރޭ ވާރޭ ވެހުނީ، ވާރޭވެހުމަށް އެދި މިއަދު މެންދުރު އިސްތިސްޤާ ނަމާދުވެސް ކޮށްފައިވަނިކޮށެވެ. މިއަދު މެންދުރު އިސްލާމީ މަރުކަޒުގައި އިސްތިސްޤާ ނަމާދު ކުރި އިރު ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ނަމާދުގައި ބައިވެރިވެފަ އެވެ. މެންދުރު ގަދަޔަށް އަވިދިއްލާފައި އޮއްވައި ނަމާދަށް ފެށި ނަމަވެސް ނަމާދު ކުރަމުން ދިޔަ ވަގުތު މާލެއަށް ވަނީ ކޮންމެވެސް ވަރަކަށް ވާރޭ ވެހިފަ އެވެ. Blessed #Hulhumale ☔️ pic.twitter.com/uOyYtToE2J — Mayan (@Mayan_17) April 15, 2019 އެހެން ރަށްރަށުގައި އިސްތިސްޤާ ނަމާދު ކޮށްފައިވަނީ އެރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައެވެ. އިސްތިސްގާ ނަމާދަކީ ސަބަބެއް މެދުވެރިވެގެން ކުރާ ސުންނަތް ނަމާދެކެވެ. އަދި އެ ނަމާދު ކުރުމަށް ފަހު ހާއްސަ ޙުތުބާއެއް ކިޔައި ނަސޭހަތް ދޭއިރު ވާރޭ ވެއްސެވުމަށް އެދި ދުއާ ކުރާނެ އެވެ. Its still raining in Hulhumale near Amin Avenue
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ