ރިއާގެ ވާހަކަ ކިޔައިދޭ ފިލްމު ހެދުމުގެ ފޯރި ގަދަވެއްޖެ

ޖޫން މަހު މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ ބަތަލާ ރިިއާ ޗަކްރަބަތީ އަށް ބިނާކޮށް ފިލްމުތަކެއް ގެނެސްދޭން ބައެއް ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ފޫގަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި ބައެއް ޕްރޮޑިއުސަރުން ވަނީ ރިއާ އަށް ބިނާކޮށް އެ މީހުން ހަދަން ބޭނުންވާ ފިލްމުތަކުގެ ނަން ވެސް ރަޖިސްޓްރީކުރަން އިންޑިއަން މޯޝަން ޕިކްޗާ ޕްރޮޑިއުސާޒް އެސޯސިއޭޝަން (އައިއެމްޕީޕީއޭ) އަށް ވެސް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ފީޗާ ފިލްމުތަކާއި ޑޮކިއުމަންޓަރީ ވެސް ހިމެނޭ ކަމަށް މުމްބާއީ މިރޭ އިން ބުންޏެވެ. ބައެއް މީޑިއާތަކުން ބުނީ ރިއާގެ ވާހަކަ ކިޔައިދޭ ފިލްމުތަކުގެ މައިގަނޑު ޕްލޮޓް އަމާޒުކުރާނީ މީޑިއާތަކުން ރިއާގެ މައްސަލާގައި އަދާކުރާ ދައުރަށެވެ.
ވަރަށް ގިނަ ބަޔަކު ބުނާ ގޮތުގައި ސުޝާންތުގެ މަރާ ރިއާއާ ގުޅުވާ އިރު، "މި މަރުގެ ތަހުގީގު ހިންގަނީ މީޑިއާ" އިންނެވެ. އަދި މިކަމާ ގުޅިގެން ބައެއް މީޑިއާތަކަށް ބޮޑެތި ފާޑުކިޔުންތަކެއް ވެސް އަމާޒުވެފައިވެ އެވެ. ރިއާ ވެސް ސުޝާންތުގެ މަރާ އޭނާއާ ގުޅުވާތީ މިއީ އެއްވެސް އަސްލެއް ނެތް ކަމެއްގެ ތެރެއިން "ވިޗް ހަންޓްކުރަން" ކަމަށް ސިފަކޮށްފައިވެ އެވެ.
Sushant maraa gulhumeh noannaane, insaafu libeyne: Rhea Chakraborty
Mihaaru
ރިއާ، 27، އަކީ ސުޝާންތު، 34، މަރުވި އިރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބަތަލާ އެވެ. ރަސްމީ އިދާރާތަކުން ބުނެފައިވާ ގޮތުގައި ސުޝާންތު މަރުވީ އަމިއްލައަށެވެ. ނަމަވެސް އޭނާގެ އާއިލާއިންނާއި ބައެއް ރައްޓެހިންނާއި ބައެއް ފޭނުން ވެސް ތުހުމަތުކުރާ ގޮތުގައި ސުޝާންތުގެ މަރަކީ ރިއާ އަޑީގައި ހުރެގެން ހިންގާފައިވާ ޖަރީމާއެކެވެ. މި މަރުގެ ތަހުގީގާ މިހާރު ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ހަވާލުވެފައިވާ އިރު، ތަހުގީގުގެ ފޯކަސް މިހާރު ހުއްޓިފައި އޮތީ ސުޝާންތުގެ މަރާއި މަސްތުވާތަކެއްޗާ ހުރި ގުޅުމަށެވެ. ރިއާ ހައްޔަރުކުރީ ސުޝާންތަށް މަސްތުވާތަކެތި ހޯދައިދިން ކަމުގެ ތުހުމަތުގަ އެވެ.
ސީބީއައިގެ ތަހުގީގަށް މިހާރު ވިއްސަކަށް މީހުން ހައްރުކޮށްފައިވާ އިރު، ރިއާގެ ކޮއްކޮ ޝޯވިކް ޗަކްރަބަތީ، 24، ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
ސުޝާންތުގެ މަރުގެ ތުހުމަތު ރިއާގެ ބޮލުގައި އަޅުވާތީ ޒުވާން ބަތަލާގެ ވަކީލު ސަތިޝް މާނެޝީންޑޭ ގެންދަވަނީ ތަކުރާރުކޮށް ތަހުގީގީ އިދާރާތަކަށް ފާޑުވިދާޅުވަމުންނެވެ. އޭނާ ވިދާޅުވާ ގޮތުގައި ރިއާގެ ކުށަކީ ޑްރަގް އެޑިކްޓަކާ ލޯބީގެ ގުޅުމެއް ބޭއްވުމެވެ. އަދި އިންޑިއާގެ ތަހުގީގީ އިދާރާތަކުން ދަނީ އަސްލެއް ނެތް ކަމެއްގައި ޒުވާން އަންހެނެއްގެ ދިރިއުޅުން ބަރުބާދުކުރަމުން ކަމަށް ވެސް ވިދާޅުވި އެވެ.
Sushantge maru: Rhea hayyarukkofi
Mihaaru
ރިއާ ބޮލީވުޑަށް ތައާރަފުވީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން 2013 ގައި ގެނެސްދިން "މޭރޭ ޑޭޑް ކީ މަރޫޓީ" އިންނެވެ. އެކަމަކު އޭނާ އެކްޓިން އަށް ނުކުތީ 2012 ގެ ތެލެގޫ ފިލްމު "ތުނީގާ ތުނީގާ" އިންނެވެ. އޭގެ ފަހުން ރިއާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ޖަލޭބީ" އާއި "ހާފް ގާލްފްރެންޑް" އާއި "ސޮނާލީ ކޭބަލް" އަދި "ބޭންކް ޗޯރް" ހިމެނެ އެވެ.
ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ރިއާ ވެއްޓުނު އިރު އޭނާގެ އަދި ރިލީޒްނުވާ ފިލްމެއް ވެސް އެބައޮތެވެ. އެއީ އަމީތާބް ބައްޗަނާއި އިމްރާން ހާޝިމީ ވެސް މުހިއްމު ރޯލްތަކެއް ކުޅެފައިވާ ޑައިރެކްޓަރު ރޫމީ ޖެފްރީގެ "ޗެހެރޭ" އެވެ. ރިއާ އަކީ އެމްޓީވީ އިންޑިއާގައި ވީޖޭއެއްގެ ގޮތުގައި ވެސް ކުރިން މަސައްކަތްކުރި ފަންނާނެކެވެ.
ޖޫން މަހުގެ 14 ގައި މަރުވި ސުޝާންތަށް ބިނާކޮށް ވެސް މިހާރު އަންނަނީ ފިލްމުތަކެއް ހަދަމުންނެވެ. އެއީ "ސުއިސައިޑް އޯ މާޑާ" އާއި "ޝަޝަންކް" އެވެ. އަދި އިތުރު ފިލްމުތަކެއް ހަދަން ނަން ރަޖިސްޓްރީކުރަން ވަނީ ހުށަހަޅައިފަ އެވެ.
India gai 2 marakah film hedhumuge foari eh
Mihaaru
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ