ޕްރިންސް ބާސެލޯނާއަށް

މި ސީޒަނުގެ ނިޔަލަށް ކެވިން ޕްރިންސް ބޮއާޓޭންގް ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާއައި ގުޅިއްޖެއެވެ.
އިޓަލީގެ އެއްވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ސަސޫލޯއާއެކު ވެވުނު މި ލޯނު އެއްބަސްވުމުގެ އަގަކީ 1.8 މިލިއަން ޕައުންޑެވެ. އަދި ޕްރިންސް ދާއިމީކޮށް ގަތުމަށް ބާސެލޯނާއިން ބޭނުންވެއްޖެ ހާލަތެއްގައި ސަސޫލޯއަށް 7 މިލިއަން ޕައުންޑް ދޭންޖެހެއެވެ.
މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި އުމުރުން 31 އަހަރުގެ ޕްރިންސް ބާސެލޯނާގެ ކުޅުންތެރިޔެއްގެ ގޮތުގައި އެ ކްލަބުގެ ސަޕޯޓަރުންނަށް ދައްކާލުމަށް ހަމަޖެހިފައިވާއިރު އޭނާ ބުނީ ސަސޫލޯ ދޫކޮށް ދާން ޖެހުމުން ހިތާމަކުރާ ކަމަށައި ނަމަވެސް ބާސެލޯނާއަށް ބަދަލުވާން ލިބުމަކީ ވަރަށް ރަނގަޅު ފުރުސަތެއް ކަމުގައެވެ.
ޕްރިންސްވަނީ މީގެ ކުރިން ޓޮޓެންހަމް އަދި ޕޯޓްސްމައުތް، އޭސީ މިލާން، ލަސް ޕަލްމަސް އަދި ފްރެންކް ފާޓްއަށްވެސް ކުޅެދީފައެވެ.
ގިނަ ބަޔަކު މި ޓްރާންސްފާއައި ހެދި ހައިރާންވި ނަމަވެސް ގަބޫލުކުރެވޭ ގޮތުގައި ބާސެލޯނާއިން ޕްރިންސް ގެންގޮސްފައިވަނީ 'ފޯލްސް 9' ގެ ރޯލުގައި އޭނާ ދައްކަމުންދާ މޮޅު ކުޅުމުގެ ސަބަބުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ