ޔާމީން “ސައިޒު” ކޮށްލާނެ ކަމަށް ބުނި މީހެއްގެ މައްސަލަ ފުލުހަށް

ކުރީގެ ރައީސް އަދި އިދިކޮޅު މައި ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް “ސައިޒު” ކޮށްލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވީޑިއޯއެއް އާއްމުކުރި މީހެއްގެ މައްސަލަ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ފުލުހުންނަށް ހުށަހަޅައިފި އެވެ.
“މޯލްޑިވްސް ޔޫތު ފޯސް”ގެ ނަމުގައި ހަދާފައިވާ ޓުވިޓާ އެކައުންޓަކުން ކޮށްފައިވާ އެ ވީޑިއޯ އިން ފެންނަ މީހާ ވަނީ މީގެކުރިން ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކު ރާއްޖެ އިނދަ ޖައްސާލަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ. އަދި ރާއްޖެ އެހެން ގައުމެއްގެ ދަށުވެފައި އޮތް ކަމަށް ބުނެ އިތުރުފުޅު ހައްދަވަމުން ގެންދަވާ ކަމަށްވެސް ބުންޏެވެ.
“އަޅުގަނޑުމެން (މޯލްޑިވްސް ޔޫތު ފޯސް) މި ނިކުންނަނީ އޭނާ (ރައީސް ޔާމީން) ސައިޒު ކުރަން” ވީޑިއޯގަ ފެންނަ މީހާ ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ