އެމްއެންޑީއެފްގެ މެޑިކަލް ސާވިސްގެ އިމާރާތް 25 އެނދުގެ އަސްކަރީ ހޮސްޕިޓަލަކަށް މިއަހަރު ބަދަލުކުރާނަން : އެމްއެންޑީއެފް

އެމްއެންޑީއެފްގެ މެޑިކަލް ސާވިސްގެ އިމާރާތް އިންޑިއާގެ ސަރުކާރުގެ އެއީއާއެކު، 25 އެނދުގެ އަސްކަރީ ހޮސްޕިޓަލަކަށް މިއަހަރު ބަދަލުކުރާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.އެމްއެންޑީއެފްގެ މޭޖަރ އަބްދުލްރަހީމް މިއަދު ވިދާޅުވީ ހެންވޭރުކޮޅުގައި ހުންނަ ދިވެހިރާއްޖެ އަޑުގެ ބާ އިމާރާތުގައި ގާއިމްކޮށްފައިވާ މެޑިކަލް ސާރވިސްގައި މިހާރު ހިދުމަތް ދެމުންގެންދަނީ ސިފައިންގެ ހަތަރު ޑޮކްޓަރަކާއި އައިޖީއެމްއެޗުގެ ބައެއް ޑޮކްޓަރުން ކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް ސިފައިންގެ ތެރެއިން ބައެއް މީހުންނަށް ސިއްހީ ދާއިރާގެ ތަމްރީން ލިބިގެން ހިދުމަތަށް ނުކުންނާނެ ކަމަށް ވެސް އަބްދުލް ރަހީމް ވިދާޅުވި އެވެ.އެމްއެންޑީއެފް މެޑިކަލް ސާރވިސްގެ ހިދުމަތް އާ އިމާރާތުގައި ފެއްޓުމާ އެކު، ސިފައިންގެ ބޭސްފަރުވާގެ ހިދުމަތް ދެމުން އައި “އޯޑިއޯން ކްލިނިކް” ހިދުމަތް އިއްޔެއިން ފެށިގެން އެ އިމާރާތައް ވަނީ ބަދަލުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ