ސަރުކާރުން އެޅި ފިޔަވަޅުތަކާއިއެކު މާފަންނު މެދުގެ ރައްޔިތުން ބިކަވެއްޖެ: ނަރީޝް

ކޮވިޑް-19 ގެ ސަބަބުން ސަރުކާރުން އެޅި ފިޔަވަޅުތަކާއިއެކު މާފަންނު މެދު ދާއިރާގެ ރައްޔިތުން ނިކަމެތިވެއްޖެ ކަމަށާއި ދިރިއުޅެމުން ދަނީ ހާލުގައި ކަމަށް ވިދާޅުވެ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެ ދާއިރާއަށް ކުރިމަތިލައްވާ ކެނޑިޑޭޓް އަހްމަދު ނަރީޝް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ނަރީޝް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑާއި ގުޅިގެން ސަރުކާރުން އެކުލަވައިލި ސިޔާސަތުތަކުގެ ސަބަބުން އެތައް ރައްޔިތުންނެއް ފެން ބިލާއި ކަރަންޓު ބިލު ނުދެއްކި ދިރިއުޅެމުން ދާކަމަށެވެ. އެ ބިލުތައް ދެއްކޭނެ ގޮތެއް ނެތި އެތައް އާދޭސްތަކެއް ރައްޔިތުން ކުރަމުން އަންނައިރު އެކަމަށް ހައްލެއް މިހާތަނަށްވެސް ހޯދައިދެވިފައި ނުވާކަމަށް ނަރީޝް ވިދާޅުވި އެވެ.
ނަރީޝް ވިދާޅުވީ ކޮވިޑުގެ ހާލަތާއިއެކު ރައްޔިތުންނަށް ލުއިތަކެއް ހޯދައި ނުދީ ސަރުކާރު ހަނު އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ބަރަކާތްތެރި ރަމަޟާން މަސް ބޯމަތިވަމުން އަންނައިރު މިކަމަށް އަވަސް ހައްލެއް އަންނަންޖެހޭ ކަމަށްވެސް ނަރީޝް ވިދާޅުވި އެވެ.
މާދަމާ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު މާލެ ސިޓީއަށް ސަރުކާރުން އިހުމާލުވަމުން ދާތީ ސަރުކާރަށް އޮތް އެތައް ރައްޔިތުންނެއްގެ ތާއީދު ދަނީ އަނބުރައި ގެންދަމުންނެވެ. ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ކޮވިޑަށް ފާއިތުވެ ދިޔައިރުވެސް ހާލަތުން އަރައިގަތުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި ނުވާކަމުގެ ތުހުމަތު އިދިކޮޅުން ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ