ހިލޭ ޕީސީއާރް ޓެސްޓް ހެދޭނެ: އެޗްއީއޯސީ

މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ބަލަހައްޓާ ފްލޫ ކްލިނިކްތަކުން ހިލޭ ޕީސީއާރް ޓެސްޓް ހަދާ ޓެސްޓަކުގެ ނެގެޓިވް ނަތީޖާ ލިބުމުން ރަށްރަށަށް ދާން ބޭނުން ކުރެވޭނެ ކަމަށް އެޗްއީއޯސީ އިން ވިދާޅުވެއްޖެއެވެ.ކޮވިޑް-19 އިން ދިފާއުވާން ޖަހާ ވެކްސިންގެ ދެ ޑޯޒް ޖެހުމުން ކަރަންޓީނު ނުވެ ރަށްރަށަށް ދެވެ އެވެ.ކަމާ ގުޅޭ އުސޫލު އާންމުކޮށްފައިވާއިރު އެ އުސޫލުގައި ބުނެފައިވަނީ އާބާދީގެ 60 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިންގެ ޑޯޒްތައް ހަމަވެފައިވާނަމަ އެ ރަށަކަށް ކަރަންޓީނާ ނުލައި ދަތުރު ކުރެވޭނެ ކަމަަށެވެ. އަދި އާބާދީގެ 60 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިންގެ ޑޯޒްތައް ހަމަވެފައިނުވާ ރަށްްރަށަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް ދެ ހަފުތާ ވެފައިވާ މީހުންނަށް ކަރަންޓީނާ ނުލައި ދެވޭނެ ކަމަށެވެ.ނަމަވެސް އެފަދަ މީހުންނަށް ދަތުރު ކުރެވޭނީ ރަށެއްގައި ބަލި އުޅޭ ނިސްބަތް ފަސް ޕަސެންޓަށް ވުރެ މަތި ރަަށަކުން އެ ނޫން ރަށަކަށް ދަތުރުކުރާނަމަ ޕީސީއާރް ނެގެޓިވް ޓެސްޓަކާ އެކު އެވެ. އަދި ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުދިން އެފަދަ މީހުންނާއެކު ދަތުރުކުރާނަމަ ޕީސީއާރް ނެގެޓިވް ޓެސްޓެއް ބޭނުންވާނެ އެވެ. ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ވެކްސިން ކްލަސްޓާ ޓީމުން ފާތިމަތު އަނާ ވިދާޅުވީ ފަސް ޕަސެންޓަށް ވުރެ ޕޮޒިޓިވް ރޭޓް މަތި ރަށްރަށުން އެހެން ރަށްރަށަށް ދާން ބޭނުންވާ ފަރާތްތަކަށް ފްލޫކްލިނިކް ތަކުން ހިލޭ ޕީސީއާރް ޓެސްޓް ހެދުމުގެ ހިދުމަތް މިހާރު ދެމުންދާ ކަމަށެވެ.އޭގެ ތެރޭގައި އެފަދަ މީހަކާއަކު ދަތުރުކުރާ، ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުދިންނަށް ވެސް ފްލޫ ކްނިލިކުތަކުން ހިލޭ ޓެސްޓު ހަދައިދޭނެކަމަށް އަނާ ވިދާޅުވިއެވެ.ކޮވިޑް-19 އަށް ޕޮޒިޓިވްވާ ރޭޓް ފަސް ޕަސެންޓަށް ވުރެ މަތި ރަށްރަށުގެ ލިސްޓެއް ދާދިފަހުން އެޗްޕީއޭއިން ވަނީ އާންމުކޮށްފައެވެ. އެ ލިސްޓުގައި ހިމެނެނީ ވެރިރަށް މާލެ އާއި ބ.މާޅޮސް، ޅ.ނައިފަރު، ތ.ވޭމަންޑޫ، ކ.ހުރާ، ކ.ދިއްފުށީގެ އިތުރުން އދ.މާމިނގިލީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ