ގަތަރު އެއާވޭސްއާ ގުޅިގެން ރާއްޖެ އިޝްރިހާރު ކޮށްފި

ގަތަރު އެއާވޭސް އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ވެބިނާ އެއް ކުރިއަށް ގެންގޮސްފި އެވެ. ވިޒިޓް މޯލްޑިވްސް އިން ބުނީ ޖަރުމަނާއި އޮސްޓްރިއާ އަދި ސްވިޒަލެންޑު މާކެޓަށް ޓާގެޓުކޮށްގެން ކުރިއަށް ގެންދިޔަ މި ވެބިނާ އަކީ އެ މާކެޓުތަކާ ރާއްޖެ އާއި ގުޅާލުމަށް ގަތަރު އެއާވޭސް އިން ފަށާ ދަތުރުތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެެއް ކަމަށެވެ. މި ވެބިނާގައި އެ މާކެޓުތަކުން 407 ޓްރެވަލް އެޖެންޓުންނާއި ޓުއަ އޮޕަރޭޓަރުން ބައިވެރިވި އެވެ. މި ވެބިނާ ގައި ރާއްޖެ އަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރި ކަމަށާއި ފަތުރުވެރިންނަށް ރާއްޖޭގައި ހުރި ހާއްސަ ކަންތައްތަކާ ގުޅޭ މައުލޫމާތު ހިއްސާ ކުރި ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ. މި ވެބިނާގައި ގަތަރު އެއާވޭސް އިން ވަނީ އެ އެއާލައިނުން ރާއްޖެ އަށް ކުރާ ދަތުރުތަކާ ގުޅޭ މައުލޫމާތު ހިއްސާ ކޮށްފައެވެ. ވިޒިޓް މޯލްޑިވްސް އިން ބުނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްް އަހަރު ތެރޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން އެއާލައިންތަކާ ގުޅިގެން ޖޮއިންޓް ކެމްޕެއިންތަކާ ފޭމް ޓްރިޕްތައް ވެސް ކުރިއަށް ގެންދާނެ ކަމަށާއި އަހަރުގެ ތެރޭގައި އިތުރު އައުޑްޑޯ ހަރަކާތްތައް އަދި އޮންލައިން ކެމްޕެއިންތައްވެސް ކުރިއަށް ގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ