އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު އޭސީސީގެ ކުރީގެ މުވައްޒަފެއްގެ މައްޗަށް ދަޢުވާކޮށްފި

މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ)ގެ ކޮރަޕްޝަނާއި، ގުޅުންހުރި އެއްލައްކަ އެމެރިކާ ޑޮލަރު ލިބުނު އޭސީސީގެ ކުރީގެ މުވައްޒަފެއްގެ މައްޗަށް 04 ދަޢުވާއެއް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވީ މިމައްސަލައިގަ ދަޢުވާކޮށްފައިވަނީ ޏ.ފުވައްމުލައް، ހޯދަޑު، މައުނާ، ޢަބްދުﷲ އާޡިމްގެ މައްޗަށްކަމަށެވެ.
މިދައުވާ ޢަބްދުﷲ އާޝިމްގެ މައްޗަށްކޮށްފައިވަނީ އެމް.އެމް.ޕީ.އާރް.ސީ މެދުވެރިކޮށް ހިންގި ޚިޔާނާތާއި، ކޮރަޕްޝަނާއި، މަނީ ލޯންޑްރިންގގެ ކުށާއި ގުޅިފައިވާ ފައިސާގެ ތެރެއިން 100,000 (ސަތޭކަހާސް) އެމެރިކާ ޑޮލަރު 2014 ވަނަ އަހަރު އޭސީސީގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ ގޮތުގައި ހުއްޓާ ޢަބްދުﷲ އާޡިމްއަށް ލިބުނު މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ގުޅިގެން ތަޙްޤީޤުކުރުމަށްފަހު ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ