ދެއްވަދޫ ކްލަސްޓާ: ހައި ރިސްކު 101 ފަރާތެއް ކޮންޓެކްޓުންގެ ގޮތުގައި

ގއ. ދެއްވަދޫއިން ކޮވިޑު-19 އަށް ޕޮޒިޓިވްވީ މީހުންގެ ކޮންޓެކްޓްސްގެ ގޮތުގައި ހައި ރިސްކު ކެޓަގަރީގެ ގިނަ ބަޔަކު އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ރޭ ބޭއްވި ނޫސް ވެރިންގެ ބައްދަލުވުމުގައި ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރު އައިމިނަތު އަރޫޝާ ވިދާޅުވީ ދެއްވަދޫ ކްލަސްޓަ އާއި ގުޅިގެން މިހާތަނަށް 250 ކޮންޓެކްޓްސް ހޯދިފައިވާ އިރު އޭގެ ތެރެއިން 101 ފަރާތަކީ ހައި ރިސްކު މީހުން ކަމަށެވެ.
ދެއްވަދޫ ކްލަސްޓާ އާއި ގުޅުން ހުރި ބަލި މީހުންތައް 5 ފަސް ރަށަކުން ވަނީ ފެނިފައެވެ. އެގޮތުން މިހާތަނަށް ޖުމްލަ 52 މީހަކު ޕޮޒިޓިވްވެފައިވާ އިރު އެންމެންގެ ހާލު މިހާތަނަށް ރަނގަޅުކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ވަނީ ހުވަދޫގެ 5 ރަށަކުން ރެންޑަމް ސާމްޕަލް ނެގުމަށް ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ