ޔާމީން އެކަހެރި ކުރަނީ ހޯދާނެ ކާމިޔާބީއަށް ޖެހިލުންވާތީ: ޣައްސާނު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލައި، އެކަހެރިކޮށްފައި ބަހައްޓަވަނީ ސިޔާސީ މައިދާނުގައި އެ މަނިކުފާނު ހޯއްދަވާނެ ކާމިޔާބީ އަށް ސަރުކާރުން ޖެހިލުވާތީ ކަމަށް، ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
މަނީ ލޯންޑަރިންގެ ކުށުގައި ޔާމީން ޖަލުގައި ހުންނަވާތާ މިއަދަށް އަހަރެއް ފުރޭއިރު، އެކަން ފާހަގަކޮށް ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ މައިދާނުގައި އެ މަނިކުފާނު ކާމިޔާބީތައް ހޯއްދަވާނެކަން ކަށަވަރު ކަމަށެވެ. އަދި އެކަމާ ސަރުކާރުން ޖެހިލުންވާ ކަމަށާއި ޔާމީން ޖަލަށް ލާފައިވަނީ "މެކުނަށް ގާހަކައިގެ ހަސަދަ ބޮޑުކަމުން" ވިދާޅުވި އެވެ.
އޭނާ އިޝާރާތް ކުރެއްވީ، މެކުނު ފުމުނަސް ގާހަގަކަށް ނުފުމެވޭނެ ކަމަށް އޮންނަ ހަރުބަހަށެވެ.
Raees Yameen jaluga hunnavaatha 1 aharu vee. Nuhaggun dhemun thi gendha aniya huttaalaa, minivan kuran govaalan! Emanikfaan ekaheri koffa vanee hama hama siyaasee maidhaaneggai RY hoadhdhavaane kan kashavaruva kaamiyaabee ah vaa jehilumakun. Mekunah gaahakaige hasadha bodu kamun. pic.twitter.com/WzdUDVgDBN— Mohamed Ghassan Maumoon (@mgmaumoon) November 28, 2020
"ރައީސް ޔާމީން ޖަލުގައި ހުންނަތާ އެއް އަހަރުވީ. ނުހައްގުން ދެމުން ތި ގެންދާ އަނިޔާ ހުއްޓާލާ،" ކުރީގެ ރައީސް އަދި ޔާމީންގެ ބޮޑުބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމުގެ ހަގު ދަރިކަލުން ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުގައި ވެސް ޔާމީންއާ އެންމެ އަރިސްކޮށް މަސައްކަތް ކުރެއްވި އަދި ބައްޕާފުޅު މައުމޫން ޖަލަށް ލުމުން ވެސް ފެޔަށް ޖެހިވަޑައިނުގެންނެވި ޣައްސާން ގަބޫލު ކުރައްވާ ގޮތުގައި ޔާމީންގެ މައްޗަށް އިއްވާފައިވަނީ ސިޔާސީ ހުކުމެވެ. މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ހުކުމެއް އެ މަނިކުފާނުގެ މައްޗަށް އިއްވި ނަމަވެސް، އެއީ އިންސާފުން ކުރި ކަމެއް ކަމަށް އޭނާ ދެކިވަޑައެއް ނުގަންނަވަ އެވެ.
މިދިޔަ ޖޫން މަހުގެ ތެރޭގައި ޣައްސާން ވިދާޅުވީ މި ސަރުކާރުގެ ކޯލިޝަން ރޫޅުމާ އެކު އެއްބަފާ ބޭބޭފުޅު، ރައީސް މައުމޫން، ޔާމީންގެ ދިފާއުގައި ނިކުންނަވާނެ ކަމަށެވެ. ތަފާތު ފިކުރުތަކުގެ ޕާޓީތައް އެކުވެފައިވާ ކޯލިޝަނަކީ ތެލާއި ފެނުގެ ގުޅުން ކަމަށް ސިފަކުރައްވައި، މައުމޫނާއި ޔާމީނަކީ ލޭގެ ގުޅުން ކަމަށާއި އެ ގުޅުން މާ ވަރުގަދަވާނެ ކަމަށް ވެސް ޣައްސާން ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ