ކެންސަރަށް ފަރުވާއެކޭ ބުނެ އޮޅުވާލައިގެން ބޭސް ވިއްކި މީހަކު ޖަލަށް

ކެންސަރު ބައްޔަށް ފަރުވާއެއް ކަމަށް ބުނެ މީހުންނަށް އޮޅުވާލައިގެން ބޭސް ވިއްކި އިނގިރޭސިވިލާތުގެ ކުންފުއްޏެއްގެ ވެރިޔެއް 15 މަހަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.
ޑޭވިޑް ނޯކްސް ކިޔާ މި މީހާއަށް ހުކުމްކުރީ "ޖީސީއެމްއޭއެފް" ނަމުގައި ބޭހެއް އޭނާގެ ކުންފުނި، އިމިއުނޯ ބަޔޯޓެކްއިން ވިއްކާފައި ހުރިކަމަށް އޭނާގެ މައްޗަށް ސާބިތުވެގެންނެވެ. މި ބޭސް ވިއްކައިގެން އޭނާއަށް މިލިއަނުން ފައިދާ ވެފައިވާކަމަށް ވެސް ކޯޓުން ވަނީ ބުނެފަ އެވެ. 
ނޯކްސް މައްޗަށް ސާބިތުވި ދައުވާތަކުގެ ތެރޭގައި، ހުއްދަ ނެތް ބޭހެއް އުފައްދުމާއި، އެ ބޭސް ސަޕްލައިކޮށް ވިޔަފާރި ކުރި ކަމުގެ ދައުވާގެ އިތުރަށް މަނީ ލޯންޑްރީގެ ދައުވާއެއް ވެސް ހިމެނެއެވެ.
ކޯޓުގައި ވާހަކަ ދައްކަމުން ނޯކްސް ވަނީ އޭނާ މައްޗަށް އުފުލާފައިވާ ހުރިހާ ދަޢުވާއަކަށް އިއުތިރާފުވެފައެވެ. އޭނަ ވަނީ 10،000 މީހުންނާ ގާތް ކުރާ އަދަދަކަށް މީހުންނަށް އެ ކުނފުނީގެ ވެބްސައިޓްގެ ޒަރިއްޔާއިން ބޭސް ވިއްކި ކަން ހާމަކޮށްފައެވެ. ނަމަވެސް އޭނަ ބުނެފައި ވަނީ ފަހުން އޭނާ އެ ބޭސް ވިއްކީ ކެންސަރަށް ފަރުވާއެއް ކަމަށް ބުނާ ބުނުން ނުހިމަނައެވެ. ބޭސް ފުރަތަމަ ވިއްކި އިރު އެއީ ކެންސަރު، އެއިޑްސް އަދި އޯޓިޒަމްގެ ފަރުވާއެއް ކަމަށް އިޝްތިހާރު ކޮށްފައިވެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ