ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިނަށް ރެޖިސްޓްރީ ވުމަަށް ހުޅުވާލަނީ

ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންއަށް ރެޖިސްޓްރީވުމުގެ ފުރުސަތު މާދަމާ ހުޅުވާލަން ނިންމައިފައިވާކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ހާމަކުރައްވައިފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީގް ވިދާޅުވީ ވެކްސިން ޖެހުމުގެ އެންމެފަހުގެ ތައްޔާތީތައް ރާއްޖޭގައި މިހާރު ދަނީ ކުރިއަށްކަމަށެވެ.
ޑރ.ނަޒްލާ ވިދާޅުވިގޮތުގައި ވެކްސިނަށް ރަޖީސްޓްރީ ކުރާނީ، މިހާރު ހުޅުވާލާފައިވާ ޚާއްސަ ޕޯޓަލް މެދުިވެރިކޮށްކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރުމަށް ހުޅުވާލާނީ ސިއްޙީ ދާއިރާގައި ޚިދުމަތް ދޭ މީހުންނާއި އިޖުތިމާޢީ ޚިދުމަތްތެރިންނަށްކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ. ކޯވިޑް-19ގެ ވެކްސިނަށް ރަޖިސްޓްރީ ކުރުމަށް ޚާއްސަކޮށްފައިވާ ޕޯޓަލްއަކީ my.health.mv އެވެ.
*️⃣ Registration for COVID19 vaccination is now open at https://t.co/EQ4zqj3X4E
▫️We are currently focusing on registering healthcare personnel in the Maldives.
◾️Please register and provide us with your most up-to-date information. pic.twitter.com/OSCfl6Oaei
— Health Protection Agency (@HPA_MV) January 17, 2021
މިމަހުގެ 26 ވަނަ ދުވަހު، ކޮވިޑް-19ގެ ވެކްސިން ރާއްޖެ ލިބޭނެކަމަށް ޚަބަރުލިބެއެވެ. އާފަތިހަށް މަޢުލޫމާތު ލިބިފައިވ ާގޮތުގައި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ކުރައްވަމުންދާ މަސައްކަތާއެކު މިހާރު ހަމަޖެހިފައިވާގޮތުން މިމަހުގެ 26ގައި ރާއްޖެއަށް ވެކްސިން ލިބޭނެކަން ވަނީ ކަށަވަރުވެފައެވެ.  އެހެންނަމަވެސް ކޮވިޑް ވެކްސިން ރާއްޖެ ގެނައުމުގެ މަސައްކަތުގެ އިސްކޮށް ޙަރަކާތްތެރިވާ އޮފިޝަލަކާ ޙަވާލާދެއްވައި ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ވެބްސައިޓުގައި ވަނީ މިމަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ވެކްސިން ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ.
މިމަހުގެތެރޭގައި ރާއްޖެއަށް ކޮވިޑް-19ގެ ވެކްސިން  ގެނެސް ޢާއްމުރައްޔިތުންނަށް ވެކްސިން ދިނުމަށް މަސައްކަތް ކުރައްވާކަމަށް ކުރިންވެސް ދިވެހި ސަރުކާރުން ވިދާޅުވެފައިވެއެވެ. އަދި މިމަހުގެ ތެރޭގައި ވެކްސިން ގެނައުމަށް މަސައްކަތް ކުރައްވާކަމަށް ރޭ ހެލްތު މިނިސްޓަރ އަޙްމަދު ނަސީމްވެސް ވަނީ ބައެއް މީޑިއާތަކަށް ވިދާޅުވެފައެވެ.
ރާއްޖެއިން ކޮވިޑް-19ގެ ވެކްސިންގ ގަންނާނީ ސިންގަޕޫރުގެ އެސްޓްރާޒެނެކާ ކިޔާ ކުންފުންޏަކުން ކަމަށް މިދިޔަ މަހުގެ 31 ވަނަ ދުވަހު ފިނޭސް މިނިސްޓްރީންވަނީ ވިދާޅުވެފައެވެ. ސަރުކާރުންވަނީ ވެކްސިން ރާއްޖެ ގެނެސް ރައްކާތެރިކަމާއެކު ރައްކާކުރެވޭ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ރާއްޖޭގެ އެކި ހިސާބުތަކުގައި ފިނި ކޮށާރުތައް ހެދުމުގެ މަސައްކަތްވެސް ފަށާފައެވެ. އަދި އެންމެ ފުރަތަމަ ވެކްސިން ދޭނެ ކެޓަގަރީގެ މީހުންނާއި އެކަމާބެހޭ އުސޫލުތަކާއި ގައިޑްލައިންތައްވެސް ވަނީ އެކުލަވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ