އިތުރު 16 ކެނޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އިތުރު 16 ކެނޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފައިވަނީ މިފަހަރު ނަން އަނބުރާ ގެންދިޔަ ކެނޑިޑޭޓުންގެ ތެރެއިން އަށް ކެނޑިޑޭޓުންނަކީ އަމިއްލަގޮތުން އިންތިހާބަށް ކުރިމަތިލި ކެނޑިޑޭޓުން ކަމަށެވެ. ދެން ހިމެނެނީ ހަ އެމްޑީޕީ ކެނޑިޑޭޓުންނާއި ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީ ކެނޑިޑޭޓެއް ކަމަށްވެސް އިލެކްޝަންސް އިން ވަނީ ބުނެފައެވެ. އެ ކެނޑިޑޭޓުންގެ ތެރެއިން ކައުންސިލް އިންތިހާބަށް ކުރިމަތިލާފައިވަނީ 10 ކެނޑިޑޭޓުންނެވެ. އަދި ހަ ކެނޑިޑޭޓުންނަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލި ކެނޑިޑޭޓުންނެެވެ. އަލަށް ނަން އަނބުރާ ގެންދިޔަ ކެނޑިޑޭޓުންނާއެކު ކައުންސިލް އިންތިހާބުން ޖުމްލަ 99 ފަރާތެއް ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. އެއާއެކު ކައުންސިލް އިންތިހާބުގައި އިންތިހާބުގައި މިވަގުތު ތިބީ 2،297 ކެނޑިޑޭޓުންނެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަކުރާ 1،779 ފަރާތެކެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020ގެ ތިންވަނަ މާއްދާގެ (ށ) ދަށުން، ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހުގެ 23 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ