"ޔާމީން ވަޑައިގަންނަވާނެ، އެއްބަސްވުންތައް އުވާލާނެ"

ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަލުން ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމުން ދިވެހި ރާއްޖޭގެ މިނިވަން ކަމާއި އިސްތިގުލާލަށް އަސަރު ކުރާ ގޮތަށް ހުރިހާ އެއްބަސްވުންތަކެއް އުވާލާނެ ކަމަށް ރައީސް ޔާމީންގެ ކެބިނެޓްގެ އެންމެ ފަހުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރުކަން މިހާރު ކުރައްވާ ޝަރީފް މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ވިދާޅުވި ވާހަކަފުޅެއްގެ ތެރެއިންނެވެ. އޭނާ ޓްވީޓެއް ކުރައްވައިގެން ވިދާޅުވި ގޮތުގައު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ހުރިހާ އެއްބަސްވުމެއް ރައީސް ޔާމީން ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމާއެކު އުވާލައްވާނެ އެވެ. އަދި 2023 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ރައީސް ޔާމީންގެ ނަންފުޅު އޮންނާނެ އެވެ.
އަދި ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމާއި އިސްތިގުލާލް އަލުން ހޯއްދަވައި ދެއްވާ ރައްޔިތުންނަށް ހިދުމަތް ކުރައްވާނެ ކަމަށް ވެސް ޝަރީފު ވިދާޅުވެފައި ވެއެވެ.
ޝަރީފު މިގޮތަށް ޓްވީޓް ކުރެއްވި އިރު އިންޑިއާގެ ބާރު ރާއްޖޭގައި ވަރަށް ބޮޑަށް ވަނީ ގަދަކޮށްފަ އެވެ. އައްޑު އަތޮޅު އާއި ލ. އަތޮޅާއި ހއ. އަދ ހދ. އާއި އިންޑިއާއި ގާއިމުވެ އެތިއްބެވެ. އެކަމާ ގުޅިގެން ދިވެހިގެން ތެރެއިން ގިނަ ބަޔަކު ވަނީ ނުރިހިފަ އެވެ. އަދި އެފަދަ ފަރާތްތަކާއި ސިޔާސީ އިދިކޮޅު ދެ ޕާޓީ ހިމެނޭ ގިތަށް "އިންޑިއާ އައުޓް" ގެ ނަމުގައި ކެމްޕޭނެއް ހިންގާ ވަނީ ފުޅާ ކޮށްފަ އެވެ. އެކަމާ ދެކޮޅު ހަދަނީ ސަރުކާރުގެ ބައެއް ވަޒީރުންނާއި އެމްޑީޕީގެ އެކްޓިވިސްޓުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ