ނަހުލާގެ ދިފާއު: "ގަވައިދު އުވާލީ އިސްލާހުކުރަން"

ދިވެހި ރާއްޖޭގެ ޝިޕިން އެޖެންސީގެ ޚިދުމަތް ދިނުމާ ބެހޭ ގަވާއިދު، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އުވާލެއްވީ ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ ވެސް ލަފާ ލިބިގެން، އެ ގަވާއިދު އިސްލާހުކުރަން ކަމަށް ކަމަށް ބުނެ މިނިސްޓްރީން އޭނާ މިއަދު ދިފާއުކޮށްފި އެވެ.
ނަހުލާއާ ދެކޮޅަށް ރާއްޖޭގެ ގިނަ ވިޔަފާރިތަކަކުން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލައިގައި އޭނާ އަށް ކުރާ ތުހުމަތަކީ، ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑަށް ހުށަނާޅުއްވައި ގަވާއިދު އުވާލެއްވީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައި ދެއްވަން ކަމެވެ. އެކި ވިޔަފާރިތަކުގައި އިސްކޮށް އުޅޭ ގިނަ ބަޔަކު ސޮއިކޮށް އޭސީސީ އަށް ހުށަހެޅި ޕެޓިޝަންގައި ބުނެފައި ވަނީ އެ ގަވާއިދު މިނިސްޓަރު އުވާލެއްވީ ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނާ ވެސް ޚިލާފަށް ކަމަށެވެ.
Board ah hushanaalhai gavaaidheh uvaalumun Minister Nahula ge massala eh ACC ah
Mihaaru
މިދިޔަ ޖުލައި 16ގައި ޓްރާންސްޕޯޓް މިނިސްޓްރީން އާއްމުކޮށް، ދެ މަސް ފަހުން ސެޕްޓެމްބަރު 16 ގައި އުވާލި "ދިވެހިރާއްޖޭގައި ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާ ބެހޭ ގަވާއިދަކީ" އެކި ނަންނަމުގައި އެޖެންސީތަކުން ފީތައް ނަގާތީ އެކަން ހައްލުކުރުމަށް ހެދި ގަވާއިދެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބުނެފަ އެވެ.
އެ ގަވައިދުގެ ދަށުން ހުރިހާ އެޖެންސީތައް ވެސް އެ އޮތޯރިޓީގައި ރަޖިސްޓްރީވާން ޖެހެ އެވެ. އަދި ރާއްޖޭގައި ޝިޕިން އެޖެންޓު ނުވަތަ ފުރައިޓު ފޯވާޑަރަކު، ޑެލިވަރީ އޯޑަރު ދޫކުރުމަށް ޝިޕިން އެޖެންޓު ނުވަތަ ފްރައިޓް ފޯވާޑަރާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ކުރިން ނަގަމުން އައި އިތުރު އެއްވެސް ފީއެއް ނުނެގޭނެ އެވެ. ނަމަވެސް ކޮންސައިނީގެ އަތުން ފުރައިޓުގެ އިތުރަށް ފީއެއްގެ ގޮތުގައި ޑެލިވަރީ އޯޑަރަށް އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ގިނަވެގެން 500ރ. ނެގޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ގަވައިދާ ހިލާފުވާ ފަރާތްތައް 10،000ރ. އިން ޖޫރިމަނާކުރާނެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ އެ ގަވައިދުގެ ގިނަ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށެވެ. އެއް ކަމަކަށް އޭނާ ފާހަގަކުރެއްވީ، ޝިޕިން އެޖެންސީތައް ނޫން ފަރާތްތައް ވެސް ރެގިއުލޭޓްކުރެވޭ ގޮތަށް ގަވައިދު އޮތުމެވެ.
އޭނާ ވިދާޅުވި ގޮތުގައި އެކަމާ ގުޅޭ ގޮތުން މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ވެސް ވާހަކަ ދެކެވި، ގަވާއިދު އުވާލަން ވަނީ ލަފާ ލިބިފަ އެވެ. އެ ގަވާއިދަށް އިސްލާހު ގެންނަން އެދި ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑަށް ވެސް މިނިސްޓަރު ދެތިން ފަހަރެއްގެ މަތިން މެމޯ ފޮނުއްވި ކަމަށާއި އެ ބޯޑުގެ ނިންމުމަކަށް ވީ ތަންފީޒުކުރުން ލަސްކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
Shipping agency thah registry kuran hedhi gavaaidhu uvaalaifi
Mihaaru
އެކަމަކު ގަވައިދު އުވާލީ ތަންފީޒުކުރުން ލަސްކުރުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމުގެ ލަފާ އެޓާނީ ޖެނެރަލްގެ އޮފީހުން ލިބިގެން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
"އުވާލުމުގެ ހަމައެކަނި ބޭނުމަކީ ގަވައިދުގައި ހުރި މައްސަލަތަކެއް ހައްލުކުރުން،" މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.
އޭސީސީ އަށް ހުށަހެޅި މައްސަލައިގެ ލިއުންތަކުގައި ބުނެފައިވާ ގޮތުގައި، މިދިޔަ ޖުލައި 16 ގައި ގެޒެޓްކުރި ގަވާއިދު، ދެ މަސް ފަހުން ސެޕްޓެމްބަރު 16 ގައި އުވާލެއްވީ ގާނޫނު ތަންފީޒުކުރަން އެއްވެސް ކަމެއް ނުކުރައްވަ އެވެ. އެ ގަވާއިދު ތަންފީޒުނުކުރާތީ އެ ޝަކުވާ ވެސް ޝިޕިން އެޖެންސީތަކުން ތަކުރާރުކޮށް ހުށަހަޅަމުންދިޔަ ކަމަށް ބުނެފައިވެ އެވެ.
އެ ކަންބޮޑުވުން ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑުން ވެސް މިނިސްޓަރަށް ތަކުރާރުކޮށް އެންގި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
"މަތީގައި ބަޔާންކޮށްފައިވާ ޓްރާންސްޕޯޓް އޮތޯރިޓީ ހިންގުމާއި އަދި އެ އޮތޯރިޓީން ހަދަން ޖެހޭ ގާނޫނުތަކާއި ގަވާއިދުތައް ހެދުމާއި އަދި އެ ގާނޫނުތަކާއި ގަވާއިދުތައް ބާތިލްކުރުމަކީ ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑުން ކުރަން ޖެހޭ ކަމެއް ކަމާއި އެއީ އެއްވެސް ހާލަތެއްގައި ބޯޑުން ފާސްކުރުމެއް ނެތި އެއިރަކު މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކުރެއްވޭނެ ކަމެއް ނޫނެވެ،" މައްސަލައިގެ ލިއުންތަކުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ