ކޯލިޝަން ސަރުކާރުގައި ދީނީ ކަންކަން ކުރަން ހަމަޖެހިފައިވަނީ އަދާލަތު ޕާޓީން: ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ގެނައުމަށް އެކުލަވާލި ކޯލިޝަން ސަރުކާރުގައި ދީނީ ކަންތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އަދާލަތު ޕާޓީން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި އެމްޑީޕީ 2018ގެ ރިޔާސީ އިންތިހާބަށް ނިކުތީ 3 ބަޔަކާއި އެކު އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދުމަށް ކަމަށެވެ. އަދި އެ އެއްބަސްވުމުގައި ވާ ގޮތުން ސަރުކާރުގައި ދީނީ ކަންކަން ގެންދާނެ ގޮތަކީ އަދާލަތު ޕާޓީގެ ހުށަހެޅުން ކަމަށް އެމްޑީޕީން ގަބޫލުކުރި ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ކޯލިޝަން އެއްބަސްވުމުގައި ޕީޕީއެމްގެ ސިޔާސީ ޝިޔާރަކަށް އަމަލުކުރަންޖެހޭ ކަމަށް ނެތް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.ނަޝީދުގެ ޓްވީޓުގައި ވަނީ ޕީޕީއެމްގެ ސިޔާސީ ޝިޔާރަށް ނުވަތަ 2015ގައި ނެރުނު ރިޕޯޓް އަކަށް އަމަލުކުރަން ޖެހޭ ކަމެއް ނެތް ކަމަށް ވެސް ވިދަޅުވެފައެވެ.ނަޝީދު ސީދާ އެމްޑީއެންގެ ނަން ވިދާޅުނުވި ނަމަވެސް ބެލެވޭ ގޮތުގައި ނަޝީދުގެ ޓްވީޓުގައި ޕީޕީއެމްގެ ސިޔާސީ ޝިޔާރެއް ކަމަށް ބުނެފައިވަނީ "ބޭން އެމްޑީއެން"ގެ ނަމުގައި ކުރިއަށް ގެންދާ ކެމްޕޭނެވެ. އެމްޑީއެން އުވާލުމަށް އެ ޝިޔާރު ބޭނުންކުރަން ފެށީ ޕީޕީއެމް އިންނެއް ނޫނެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
100 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
މާރިޔަތު
ޢަދާލަތު ޕާޓީ އިން ފިޔަވަޅު އަޅާން ވީނު؟
REPLY
ސަރުކާރު
ދައުލަތުގެ މީޑިއާ ޕީއެސްއެމް ގެ ހާލަތު:
1. ލައިވް އެއްވެސް ޕްރޮގްރާމަކަށް ސޭހުން އެރުވުން ވަނީ ރައީސް އޮފީހުން މަނާކޮށްފަ. ދީނީ ލައިވް ޕްރޮގްރާމަތަށް ވަނީ ހުުއްޓާލަން އަންގައި ހުއްޓުވާފަ. ސަބަބަކީ އެމްޑީއެން ރިޕޯޓް ކުއްވެރިކޮށް ވާހަކަ ދައްކަފާނެތީވެ.
2.ދީނީ ޕްރޮގްރާމް ގެނެވޭނީ ކުރިން ރެކޯޑްކޮށް ރައީސް އޮފީހުން ހުއްދަ ދިނުމުންކަމަށްވެސް ރައީސް އޮފީހުން ވަނީ އަންގާފައި.
3.އެމްޑީއެން ރިޕޯޓާ ގުޅިގެން ޢިލްމުވެރިންގެ ގުޅުމުން ބޭއްވި ނިވްސް ކޮންފަރެންސް ލައިވް ކުރަން ގޮސްތިބި ޕީއެސްއެމް ގެ ޓީމަށް ލައިވް ނުކުރަން އަންގައި އަދި އެއްވެސް އެހެން މީޑިއާއަކަށް ލައިވްފީޑް ދީފަ ހުރިތޯ ޗެކްކުރުމަށް ރައީސް އޮފީހުން ޕީއެސްއެމްގެ ޑީއެމްޑީއަށް ވަނީ އަންގާ އެކަން އެގޮތަށް ކުރުވާފައި.
4.ޕީއެސްއެމް އެމްޑީ ގެނައި ޖެނީވާގައި އުޅޭ ދިވެހި އަންހެނަކު ހިއުމަންރައިޓްސްގެ ނަމުގައި މުވައްޒަފުންނަށް ބޭއްވި ސެސަނެއްގައިވަނީ އިސްލާމް ދީނާ ހިލާފް އެތަށް ކަމެއް އެއީ އިންސާނީ ހައްގުތަށް ކަމަށް ބުނެ އެކަން ކަމަކީ ރަނގަޅުކަންކަން ކަމަށް ދޭހަވާ ގޮތަށް ވާހަކަދައްކާފައި މިކަމާ ސްޓަފުން ހިތްހަމަ ނުޖެހުމުން ވަނީ އަވަހަށް ބުރޭކް ނަގައި ދިޔަގޮތަށް އެނބުރި ނައިސްފަ. މިކަމަކީ ވަރަށް ކުއްލިއަކަށް ހަމަޖެހި ކޮންމެ ޑިޕާޓްމެންޓަކުން މަދުވެގެން 5 މީހުން ބައިވެރި ކުރަންޖެހޭނެ ކަމަށާ ހާޒިރީ ބެލޭނެ ކަމަށް ވެސް ޑިޕާޓްމެންޓް ތަކުގެ ވެރިންނަށް އަންގާފައި.
5.ޕީއެސްއެމްގެ ހެޑްއޮފް ޑިޕާޓްމެންޓް ގެ ބައްދަލު ވުމެއްގައި އެމްޑީ ވަނީ ދީނީ ޕްރޮގްރާމް ތަކަކީ މުހިއްމު އެއްޗެއް ނޫންކަމަށް ބަލާނެ މީހުން ނުތިބޭކަމަށާ ސްޕޮންސަ ނުލިބޭކަން ދޭހަވާގޮތަށް ވާހަކަ ދައްކާ.ޕީއެސްއެމް ހުރިހާ ޗެނަލަކުން ހުކުރު،އީދު ނަމާދު ލައިވް ކުރަން ނުޖެހޭކަން އަންގައި އެގޮތަށް އަމަލު ކުރަން ފައްޓާފައި.
-މިކަން ދޮގުކުރަންޔާ މިވާހަކަދެއްކި އޯޑިއޯވެސް އަޑުއިއްވަން ޖެހިދާނެ.
REPLY
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ