މީހެއްގެ އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ޓްރާންސްފާކުރި ބަޔަކު ހޯދަނީ

އެކައުންޓް ވެރިފަރާތަށް ނޭނގި އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ އެހެން ފަރާތެއްގެ އެކައުންޓަށް ޓްރާންސްފަރ ކޮށްފައިވާ މައްސަލައަކާ ގުޅިގެން ދެމީހަކު ހޯދަން ފުލުހުން ވީޑިއޯ އާއްމުކޮށްފި އެވެ.
ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހުންނަކީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް ހުށަހެޅި ތަހުގީގު ކުރަމުންދާ އެކައުންޓް ވެރިފަރާތަށް ނޭނގި އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ އެހެން ފަރާތެއްގެ އެކައުންޓަށް ޓްރާންސްފަރ ކޮށްފައިވާ މައްސަލައަކާ ގުޅިގެން އެޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، މިހާތަނަށް ކުރި މަސައްކަތުން ކޮންބައެއްކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހުން ކަމަށެވެ.
ނަމަވެސް އެމީހުން ޓްރާންސްފާ ކުރީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ފުލުހުން ވަނީ ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅައި ހިއްސާކުރުމަށް އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ