އިންޑިއާ އައުޓް ކެމްޕޭނާ ދެކޮޅަށް ހިންގާ ކެމްޕޭން ނުފެށެނީސް ކަފުންވެއްޖެ: ރައީސް ޔާމީން

"އިންޑިއާ އައުޓް" ކެމްޕޭނާ ދެކޮޅަށް ހިންގާ ކެމްޕޭން ނުފެށެނީސް ކަފުންވެއްޖެކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ފަށާފައިވާ "އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރިވަނީ މަދު ބައެއް ކަމަށް ވިދާޅުވެ އިންޑިއާ ސިފައިން ބާލަން ގޮވާލާ ހިންގާ ކެމްޕެއިނަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެފައި ވަނިކޮށް ރައީސް ޔާމީން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އިންޑިއާގެ ސިޔާސަތަށް އެއްވެސް ތާއީދެއް ނެތް މަންޒަރު ފެންނަމުންދާ ކަމަށެވެ. އެ މަންޒަރު ވަރަށް ވޭނީ ގޮތަކަށް އިންޑިއާއަށްވެސް އިހުސާސް ކުރެއްވޭނެ ކަމަށް އެމަނިކުފާނުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ. ރައީސް ޔާމީން އެ އިޝާރާތް ކުރައްވަނީ "އިންޑިއާ އައުޓް" ހަރަކާތާ ދެކޮޅަށް މިހާރު ފެށިފައިވާ "ބާކީ ނުވޭ" އޮންލައިން ކެމްޕެއިންއަށެވެ.  އިތުރަށް ކިޔާލަން: އިންޑިއާ އައުޓްއާ ދެކޮޅަށް އެމްޑީޕީން ބާކީނުވޭ ކެމްޕޭން ފަށައިފިރައީސް ޔާމީން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ މުޅި ޤައުމު މިވަގުތު އިލްތިޒާމުވެ ފުރިހަމަ ސަމާލުކަން ދީގެން ކުރާ މަސައްކަތަކީ ކަމަކީ "އިންޑިއާ އައުޓް" ހަރަކާތް ކަމަށެވެ. އަދި އެ ހަރަކާތާ ދެކޮޅަށް ފަށާ ހަރަކާތްތަކަށް ތަރުހީބު ނުލިބި، ރަނގަޅަށް ފަށައިނުގަނެވެނީސް ކަފުންވެ ވަޅުޖެހޭކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.އިތުރަށް އެމަނިކުފާނު ވިދާޅުވީ ވޭނާއެކު އިންޑިއާއަށް މިއަދު ފެންނާނެ މަންޒަރަކީ ދިވެހިރާއްޖޭގައި އެ ޤައުމުގެ ސިޔާސަތަށް ތާއީދު ނެތް މަންޒަރުކަމަށެވެ.މި ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާފައިވުމުން، އެފަދަ ހަރަކާތްތައް ހުއްޓުވުމަށް އަންގަވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ގަރާރެއް ނެރުއްވާފައިވަނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ.ރައީސް ވަނީ، އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ކަނޑައަޅުއްވައި އެކަން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށްވެސް އަންގަވާފައެވެ.ރައީސްގެ ގަރާރަކީ ޤާނޫނާ ޚިލާފަށް ނެރެފައިވާ ބާތިލް ގަރާރެއްކަމަށް ބުނެ ޕީޕީއެމުން ވަނީ އެ ހަރަކާތްތައް ހުއްޓާލަން ދެކޮޅު ހަދާފައެވެ.އަދި އެ ގަރާރު ތަންފީޒުކޮށް "އިންޑިއާ އައުޓް" ކެމްޕެއިނާ ގުޅުންހުރި ކޮންމެ ހަރަކާތެއް ހުއްޓުވަން ފުލުހުންނާއި ސިފައިންގެ މައްޗަށް ވަނީ އަމުރު ކުރައްވާފައެވެ. އެ އަމުރު ތަންފީޒު ކުރުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ދަނީ ކުރަމުންނެވެ. އެއްވުންތަކާއި އިހުތިޖާޖުތައް ދަނީ ރޫޅާލަމުންނެވެ. "އިންޑިއާ އައުޓް" ކެމްޕެއިން ރަމްޒުކޮށްދޭ ބެނާތަކާއި ދިދަތަކާއި ލިޔުންތައް ދަނީ ނަގަމުންނެވެ. ގޭގެއާއި މަގުތަކުގައި ސްޕްރޭ ކޮށްފައިވާ އެ ހަރަކާތުގެ ލޯގޯތަކާއި ނިޝާންތައް ދަނީ ފުހެމުންނެވެ. ގޭގައި ހަރުކުރަމުންދާ 40 ފޫޓްގެ ބޮޑެތި ބެނާތައްވެސް ކޯޓް އަމުރު ހޯދައިގެން ނަގައެވެ. އެފަދަ ގޭގޭގެ ވެރީން ފުލުހަށް ހާޒިރުކޮށް ދެން އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް ދަނީ އިންޒާރު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ