ދީނީ އިލްމުވެރިޔާ ނިޝާންގެ ވާހަކަ ދޮގުކޮށް ޝަހީމް ވިދާޅުވީ މިސްކިތުން އަޑުކަނޑާލަން ނާންގާކަމަށް

މާލޭގެ މިސްކިތްތަކުގެ އަޑުކަނޑާލަން ސަރުކާރުން އެންގި ކަމަށް، ދީނީ އިލްމުވެރިޔާ އާދަމް ނިޝާން މިއަދު ވިދާޅުވި ވާހަކަ އިސްލާމިކް މިނިސްޓްރީން ދޮގުކޮށްފި އެވެ.
ވީ ކިހިނެއް؟- ފުރުގާން މިސްކިތުގެ ކުރިމަތީ ހުންނަވައިގެން ރޭ ނިޝާން ވިދާޅުވީ ހުރިހާ މިސްކިތްތަކެއްގެ އިމާމުން މިނިސްޓްރީއަށް ހާޒިރުކޮށް، މިސްކިތުން ބޭރަށް އަޑު ނީވޭ ވަރަށް ބަންގި ގޮވުމަށް އަންގާފައިވާ ކަމަށެވެ. 
އެހެންވެ، ރޭ އިޝާ ނަމާދުގެ ބަންގި ވެސް ގޮވީ މިސްކިތުން ބޭރަށް ނީވޭ ވަރަށް ކަމަށާއި ކުޑަދޮރުތައް ބަންދުކޮށްފައި ހުރުމުން ބޭރަށް އެއްގޮތަކަށް ވެސް އަޑު ނީވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް މުހައްމަދު ސައީދު ވަނީ އެ ވާހަކަ ދޮގުކުރައްވާފަ އެވެ.
ފޭސްބުކް ސްޓޭޓަސްއެއްގައި މިނިސްޓަރު ވިދާޅުވީ، މިސްކިތްތަކުން ބޭރަށް އަޑު ނީވޭވަރަށް، އަޑުތައް ކަނޑާލަށް އެންގުމަށް ބުނެ ފަތުރަމުންދަނީ ދޮގުވާހަކަތަކެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ