އެމެރިކާގެ ހެލިކޮޕްޓަރު ވައްޓާލީ އީރާނުން، ރައްދު ދޭންޖެހޭނެ: ޓްރަމްޕް

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ހަމަލާ ދޭން ފެށުމާ އެކު ފެށުނު ހަނގުރާމާގައި އީރާންގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައިވާ ހޮރްމޫޒް ކަނޑުއޮޅި ސަރަހައްދުން ރޭގެ ވަގުތެއްގައި އެމެރިކާގެ އަޕާޗޭ ހެލިކޮޕްޓަރެއް ވެއްޓުނީ އީރާނުން ދިން ހަމަލާއެއްގައި ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ. 
ޓްރަމްޕު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ "އެމެރިކާގެ މަތީ ފެންވަރުގެ އަޕާޗޭ ހެލިކޮޕްޓަރެއް ހޮރްމޫޒް ކަނޑުއޮޅި ޕެޓްރޯލްކުރަމުން ދަނިކޮށް އީރާނުން ހަމަލާދީ ވައްޓާލީ" ކަމުގެ މައުލޫމާތު އޭނާއަށް މިހާރު ލިބިވަޑައިގެންފައިވާ ކަމަށެވެ. 
މި ހަމަލާގައި ހެލިކޮޕްޓަރު ވެއްޓުނަސް އޭގައި ތިބި ދެ ޕައިލެޓުން ވަނީ ސަލަމާތްވެފަ އެވެ. ހެލިކޮޕްޓަރެއް ވެއްޓުނުކަމާއި ދެ ޕައިލެޓުން ސަލާމަތްވިކަން ޓްރަމްޕު ކުރިން ކަށަވަރުކޮށްދެއްވި ނަމަވެސް އެކަން ހިނގި ގޮތެއް އޭރު ވިދާޅެއް ނުވެ އެވެ. 
The most trusted news source in the Maldives
ޓްރަމްޕު ވިދާޅުވީ މިއީ އެމެރިކާއިން ރައްދު ނުދީ ދޫކޮށްލެވޭނެ ހަމަލާއެއް ނޫން ކަމަށެވެ. 
މިކަން ހިނގާފައި މި ވަނީ އީރާނާއި އެމެރިކާއާ ދެމެދު ސުލްހައިގެ މަޝްވަރާތަކުގައި ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބި މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް ޓްރަމްޕު ވިދާޅުވެފައި ވަނިކޮށެވެ. 
ޓްރަމްޕު ވަނީ އެންމެ ފަހުން އީރާނާއި އިޒްރޭލާ ދެމެދު ބަދަލުކުރި ވަރުގަދަ ހަމަލާތައް ވެސް، ސުލްހައިގެ އެއްބަސްވުމަށް ހުރަސްއެޅިދާނެތީ ހުއްޓުވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ